ކުރިންވެސް ގޯތި ލިސްޓް ހަދާފައިވަނީ ބޭއިންސާފުން: ރައީސް ނަޝީދު

ރައީސް ނަޝީދު

23 ޑިސެމްބަރު 2024 - 07:28
އުސޫލުން ބޭރުން ގޯތިތަކެއް ދޫކުރިކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން މީގެ ކުރިންވެސް ލިސްޓް ހަދާފައިވަނީ ބޭއިންސަފުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ނުހައްގު ގޯތި ލިބިފައިވާ މައްސަލައާ ގުޅިގެން ތަކުރާރުކުރަން ޖެހޭނީ އެއްވާހަކައެއްކަމަށް ވިދާޅުވެފައެވެ. ކުރީގައިވެސް ލިސްޓު ހަދާފައިވަނީ ބޭއިންސާފުންކަން ހާމަކޮށް ރައީސް ނަޝީދު ވިދާޅުވީ މިހާރުވެސް ކަން ކުރަމުން އަންނަނީ ބޭއިންސާފުން ވަކި ބަޔަކަށް މަންފާ ލިބޭގޮތަށްކަމަށެވެ. އެހެންނަމަވެސް މިސަރުކާރުގައި މި މައްސަލަ ބަލަން ފަށައި އެޗްޑީސީގެ ވެރިން ބަދަލުކޮށްފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އުއްމީދުކުރަނީ ފުލުހުން މި މައްސަލަ ރަނގަޅަށް ތަހުގީގުކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ އައު އެމްޑީ މައުރޫފް ޖަމީލް ކުންފުނީގެ ހުރިހާކަމެއް އިސްލާހުކުރައްވާނެކަމަށެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް މ. ދޫރެސް މުޙައްމަދު މަޢުރޫފް ޖަމީލު އައްޔަނުކުރައްވައިފައިވަނީ އިއްޔެއެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މަޢުރޫފް އައްޔަންކުރައްވާފައިމިވަނީ ކުރިން އެމަޤާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު ރޭ އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. އޭނާ އެ މަޤާމުން އިސްތިއުފާދެއްވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި ކަމާގުޅުންހުރި ފަރާތްތަކުން ތަހުގީގްކުރަމުންދާތީ، އެ ތަހުގީގަށް ފުރުޞަތު ދިނުމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަކަށް ގޯތި ދިންކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓަފަ އެވެ.
މިމައްސަލާގައި ދެން ތުހުމަތު ކުރެވެނީ ފަޒުލްގެ ބޭބެ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދަށެވެ. އޭނާވެސް މިހާރު ވަނީ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ތަހުގީގު ނިމި އެ ބޯޑުން ވަކި ގޮތެއް އަންގަންދެން އެ ކުންފުނީގެ ޗެއާމަން އަހްމަދު ނާސިފު ފިޔަވާ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ވަނީ ސަސްޕެންޑްކޮށްފައެވެ.
އިތުރު ލިޔުންތައް

ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރީޝަސްއަށް ދިނުމުން ނަޝީދުގެ ނުރުހުން
7 މަސް ކުރިން
އިންޑިޔާއިން ބަޢާވާތަކަށް ހިތްވަރު ނުދޭނެ: ނަޝީދު
4 މަސް ކުރިން
ޤާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު އޮންނަންވާނީ މަޖިލީހަށް: ނަޝީދު
2 މަސް ކުރިން