logo
Bank of Maldives

Bank of Maldives

ޚަބަރު

ނިޔާގެ ވަރުގަދަ ރައްދެއް ނަޝީދު އަށް

ހުސައިން ވަސީމް
5 ޖޫން 2025 - 17:04
ނިޔާގެ ވަރުގަދަ ރައްދެއް ނަޝީދު އަށް

ތިމަން ބޭނުންވީމާ ރޫޅާލާފައި ހަލާކުގެ ތެރެއަށް އެންމެން ވައްޓަލާ އަލުން ތިމަންނާ ބޭނުންވީމާ ހަމަ އެމީހުން ލައްވާ ރާވަން މަސައްކަތްކުރެވޭ ނިޒަމަކީ ގަބޫލުކުރެވޭ އުސޫލެއް ނޫން ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު އަލީ ނިޔާޒް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ބުނެ އެމްޑީޕީގެ އިސް ބޭފުޅުންގެ ހިޔާލު ހޯއްދެވުމަށް އެބޭފުޅުންނަށް ނަޝީދު އިއްޔެ ވަނީ މެސެޖެއް ކުރައްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނަށް ކުރެއްވި މެސެޖެއްގައި ރައީސް ނަޝީދުވަނީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭގޮތުން އެމްޑީޕީ މެމްބަރުންގެ ހިޔާލަކަށް އެދިވަޑައެިގެންފައެވެ.

ރައީސް ނަޝީދު ކުރެއްވި މެސެޖުގައިވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާތީ އެކަމާ ގުޅޭ ގޮތުން ފެނިވަޑައިގަންނަވާ ގޮތެއް ވިދާޅުވެދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ކޮންމެ ގޮތަކަށް ނިންމެވިޔަސް ގުޅުމަށް ބުރޫއެއް ނާރާނެ ކަމަށް ނަޝީދު ވިދޅާުވި އެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ރައްދުދެއްވާ ނިޔާ ވިދާޅުވީ ތިމަންނާ ބޭނުންވީމާ ރޫޅާލާފަ ހަލާކުތެރެއަށް އެންމެން ދޫކޮށްލާފަ ތިމަންނާ ބޭނުންވީމަ ހަމަ އެމީހުންލައްވާ ރާވަން
މަސައްކަތްކުރެވޭ ނިޒާމް އޭނާއަށް ރުހެވޭ އުސޫލެއް ހަމައެއް ނޫން ކަމަށެވެ.

އެންމެ ރަނގަޅު ގޮތަކީ ބަލިކަށިވާ ވަގުތު ރޫޅާލާ ކަނޑައެޅިގެން އެއަށްވުރެ ބޮޑު ގޯހެއްގެ ތެރެއަށް ގެންދިއުންތޯ ނިޔާ ވަނީ ސުވާލު ކުރައްވާފަ އެވެ.އަދި އެއަނދަވަޅުން ސަލާމަތްވާން ބަލިކަށިކޮށްލި ބައެއްގެ އެހީ ހޯދުމަށްވުރެ އަމިއްލަ މޮޅުގޮތާއިގެން ކުރިއަށްދިއުން މާރަނގަޅުވާނެ ނޫން ކަމަށް ނިޔާ ވިދާޅުވި އެވެ.

ނިޔާގެ އެވާހަކަތަކަށް ނަޝީދުގެ އަރިސް ބޭފުޅެއްކަމަށްވާ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ރައްދު ދެއްވާފަ އެވެ.  ވަހީދު ވިދާޅުވީ ރޫޅާލެވޭނީ އެއްޗެއް ބަލިކަށި ކޮށްލީމާ ކަމަށެވެ. ތިބުނާ އެއްޗެއް އަސްލު ބަލިކަށިކޮށް ރޫޅާލީ ވައްކަން ބަލަން އައިސް އެކަން ނުބަލައި އަދީބުވެސް ދޫކޮށްލި މީހުން ކަމަށެވެ. އަދި މަރުތައް ބަލަން އައިސް ރައީސް ނަޝީދު މަރާލަން ބޮން ގޮއްވި މައްސަލަވެސް ނުބެލި މީހުން ކަމަށާ ރޫޅާލީ މުޅި އެތީގެ ސޫރައާ ތޮބީއަތް ބަދަލުކުރި މީހުން ކަމަށް ވަހީދު ވިދާޅުވި އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ އެއްވުން: އަންހެން ފުލުހެއްގެ ގައިމަތިން ހިނގައި، ފިރިހެން ދެ ފުލުހަކަށް ބެރިކޭޑާއި ޝީލްޑުން އަނިޔާދީފައިވޭޚަބަރު | 8 ދުވަސް ކުރިންޤައުމު ހަލަބޮލިކުރަން އެމްޑީޕީން ކުރި މަސައްކަތް ނާކާމިޔާބުވީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް އާއި އޯގާތެރިކަމުގެ ސަބަބުން: މެމްބަރު ޒަމީރުޚަބަރު | 8 ދުވަސް ކުރިންމުޒާހަރާއަށް ތާއީދެއް ނުލިބުނު، ރައްޔިތުން ބުނެދިނީ ލޮލުން ބޮލުން މި ވެރިކަމާ ރުހި ގަބޫލުކަނަް: ފަލާޙްޚަބަރު | 8 ދުވަސް ކުރިންއެމްޑީޕީން ވަނީ އެއްބަސްވުމާ ޚިލާފުވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފަ: ޕީއެންސީޚަބަރު | 8 ދުވަސް ކުރިން