logo
Bank of Maldives

Bank of Maldives

ޚަބަރު

ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅެން ނިންމައިފި

އަޙްމަދު ޒަލީފް
17 ޖޫން 2025 - 11:21
 ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅެން ނިންމައިފި

ވަރުގަދަ އޮޕޮޒިޝަނެއް އޮތުމަކީ މިވަގުތު ރާއްޖެއަށް މުޙިއްމު ކަމެއް ކަމަށް ދެކިގެން، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅެން ނިންމައިފިއެވެ.

އެ ޕާޓީން މިފަދައިން ނިންމާފައިވަނީ  ދާދި ދެންމެއަކު ބޭއްވި އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގައި ފާސްކުރި ޤަރާރަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވަމެވެ،" ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި ބުނެފައިވެ އެވެ.

މިފަދަ ގަރާރެއް ޑިމޮކްރެޓްސްއިން މިއަދު ފާސްކުރިއިރު، އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އާއި ނަޝީދު އިއްޔެ ވަނީ ބައްދަލުކުރައްވައިފަ އެވެ.

މި ޤަރާރު ފާސްކުރުމާއެކު ކުރިއަށް އޮތް ތަނުގައި ޑިމޮކްރެޓްސް އޮންނާނެތޯ ނުވަތަ އެ ޕާޓީއަށް ދެން ވާނީ ކިހިނެއްތޯ، މިއިން އެއްވެސް ސުވާލަކަށް އެ ޕާޓީން ޖަވާބު ދީފައެއް ނުވެއެވެ.

ޑިމޮކްރެޓްސްއިން މި ގަރާރު މިއަދު ފާސްކުރީ އެ ޕާޓީގެ ގިނަ ބައެއްގެ ތާއީދާއެކު އެވެ. ނަމަވެސް އެ ގަރާރު ފާސްކުރުމާ ގުޅިގެން ޑިމޮކްރެޓްސްގެ ބައެއް މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. ނިމިިދޔަ ރިޔާސީ އިންތިހާބު އެންޑީޕީއަށް ގެއްލިގެން ދިޔައީ ރައީސް ނަޝީދު އެހެން ޕާޓީއެއް އުފައްދަވައިގެން އެ ޕާޓީން ކެނޑިޑޭޓެއް ނެރެގެން މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އެމްޑީޕީގެ އާއްމު މެމްބަރުން ދެކެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޝީދުގެ ޝައުޤުވެރިކަން ހުންނެވީ ދައުލަތުގެ ވެރިއެއްގެ ގޮތުގައި ގައުމަށް ޚިދުމަތްކުރެއްވުމަށް!ޚަބަރު | 19 ގަޑިއިރު ކުރިންރައްޔިތުންނަށް ދަތިވާގޮތަށް ކޮންމެ ރެއަކު މުޒާހަރާ ކުރަނީ ފޮޓޯ ކޮޅެއް ހޯދާލަން: ޝުޖާއުޚަބަރު | ދުވަހެއް ކުރިންއެމްޑީޕީގެ ހިންގުމުގައި ލަފާދޭން ރައީސް ނަޝީދުއާއި ރައީސް ޞާލިޙް ހަމަޖައްސައިފިޚަބަރު | 9 ދުވަސް ކުރިންޕީއެންސީގެ ވެރިކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް: އެމްޑީޕީން ރައްޔިތުންގެ ކިބައިން ''ހޭވެސް'' އަހާނުލިރިޕޯޓް | 10 ދުވަސް ކުރިން