logo
MPL

MPL

ޚަބަރު

ނަޝީދާ ޑިމޮކްރެޓްސް ''އެމްޑީޕީ ރޫޅަން'' އަލުން އެމްޑީޕީއަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ޖޫން 2025 - 11:53
ނަޝީދާ ޑިމޮކްރެޓްސް ''އެމްޑީޕީ ރޫޅަން'' އަލުން އެމްޑީޕީއަށް

މަޖިލިސްގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން އަނބުރާ އާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގުޅެން މިއަދު ނިންމައިފިއެވެ.

ދަ ޑިމޮކްރެޓްސްއިން މިގޮތަށް ނިންމާފައި ވަނީ އެ ޕާޓީން މިއަދު ބޭއްވި ނުރަސްމީ ނެޝަނަލް އެސެމްބްލީގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބައްދަލުވުމުގައި ވަނީ އެ ޕާޓީގެ ހުރިހާ މެމްބަރުން އެނބުރި އެމްޑީޕީއާ ގުޅެން ގަރާރެއް ހުށަހަޅައިފައެވެ. އެ ގަރާރު ވަނީ ފާސްކޮށްފައެވެ.

އެ ނިންމުން ނިންމި ގަރާރުގައި ބުނެފައި ވަނީ އެގޮތަށް ނިންމީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށާއި، ރާއްޖޭގެ މުސްތަގްބަލު ރަނގަޅު ކުރުމަށާއި، ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް އޮތުމަށާއި އަދި ވަރުގަދަ އޮޕަޒިޝަނެއް އޮތުން މުހިންމުވީމައި ކަމަށެވެ.

ނަޝީދު އިސްވެ ހުންނަވައި ޑިމޮކްރެޓިކްސް އުފެއްދުމަށްފަހު 13 ޖުލައި 2023 ގައި އެ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ދެެއްކެވި ވާހަކަފުޅުގައި އެމްޑީޕީ ރޫޅާލާނެކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

ޑިމޮކްރެޓިސް އިން މި ނިންމުން ނިންމާފައި މިވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއެކު ނަޝީދު އިއްޔެ ބައްދަލުކުރަށްވާފައި ވަނިކޮށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޝީދުގެ ވަޢުދުން އަލަކާ ސިންގްއަށް 150,000 ޑޮލަރު ނުލިބޭނެ: ސުޕްރީމް ކޯޓުކޯޓް ރޫމް | 15 ދުވަސް ކުރިންތިން ރައީސުންގެ އެއްބަސްވުން ތޮޅިއަށްރިޕޯޓް | 23 ދުވަސް ކުރިންއީގަލް ހިލްސް މަޝްރޫއު އެމްޑީޕީއަށް ވެސް ކަމުދޭ, ކޮންގްރެސްގައި އެވާހަކަ ދައްކައިފިޚަބަރު | މަހެއް ކުރިންނަޝީދަކީ ޑިމޮކްރެޓިކް ލީޑަރެއްތަ؟ރިޕޯޓް | މަހެއް ކުރިން