logo
E-Platinum
ޚަބަރު

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން އެބަ ގެންގުޅެން: ނަޝީދު

އާމިނަތު ޝަފާ
4 ޖޫން 2025 - 10:38
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން އެބަ ގެންގުޅެން: ނަޝީދު

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނަށް މިއަދު ކުރެއްވި މެސެޖެއްގައި ރައީސް ނަޝީދުވަނި އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭގޮތުން އެމްޑީޕީ މެމްބަރުންގެ ހިޔާލަކަށް އެދިވަޑައެިގެންފައެވެ.

ރައީސް ނަޝީދު ކުރެއްވި މެސެޖުގައިވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާތީ އެކަމާ ގުޅޭ ގޮތުން ފެނިވަޑައިގަންނަވާ ގޮތެއް ވިދާޅުވެދެއްވުމަށް އެދިވަޑައިގެންފައެވެ.

" ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫ ނާރާނެ". ރައީސް ނަޝީދުގެ މެސެޖުގައި ވެއެވެ.

ރައީސް ނަޝީދުވަނީ ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރައްވާފައެވެ. އެ މަނިކުފާނު 21 ޖޫން 2023ގައި އެމްޑީޕީން ވަކިވެވަޑައިގެންނެވީ އޭރުގެ ރައީސް އަދި އެމްޑީޕީގެ އޭރުގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ޖެހުނު މައްސަލަގަނޑުގެ ތެރެއިންނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ އޭރު ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން އެ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުމާ ގުޅިގެންނެވެ.

އޭގެ ފަހުން ރައީސް ނަޝީދުވަނީ ރައީސް ސާލިހާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުމުގެ ތެރެއިން އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.

ރިޔާސީ ޓިކެޓްގެ ވާދަވެރިކަމެއް އެމްޑީޕީގެ ތެރޭގައި އޮތް އިރު 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން އެ ޕާޓީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލާއި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މަޖިލިސް މެންބަރު ޑރ. އަހްމަދު ޝަމްހީދު ވަނީ ފާޅުކުރައްވާފައެވެ.

މީގެ އިތުރުން ޕާޓީގެ އެތެރޭގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ކެމްޕެއިން ކުރައްވަމުން ދާއިރު ރައީސް ސާލިހުގެ ސަޕޯޓަރުންދަނީ އެމަނިކުފާނު އިންތިހާބުގައި ވާދަކުރުމަށް އެދި ކެމްޕެއިން ކުރަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޝީދާ ޑިމޮކްރެޓްސް ''އެމްޑީޕީ ރޫޅަން'' އަލުން އެމްޑީޕީއަށްޚަބަރު | 2 މަސް ކުރިން ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅެން ނިންމައިފި ޚަބަރު | 2 މަސް ކުރިންނިޔާގެ ވަރުގަދަ ރައްދެއް ނަޝީދު އަށްޚަބަރު | 2 މަސް ކުރިންރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން އެބަ ގެންގުޅެން: ނަޝީދުޚަބަރު | 2 މަސް ކުރިން