logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު ކުރަށްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ސެޕްޓެމްބަރު 2025 - 16:21
ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު ކުރަށްވައިފި

ކުރީގެ ރައީސުންނަށް ދެމުން އަންނަ ޕެންޝަންގެ މިންވަރު ކުޑަކުރަން ތާއީދު ކުރަށްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.

ނަޝީދު އެކަން ހާމަކުރެއްވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރީގެ ރައީސުންނަށް ދެމުން އަންނަ ޕެންޝަންގެ މިންވަރު ކުޑަކުރަން ތާއީދު ކުރެއްވުމަށްފަހު ނަޝީދުގެ ޕޯސްޓް ނިންމާލައްވާފައި ވަނީ ހޭދަކުރަންވާނީ ލިބޭ މިންވަރުންކަން ބުނެދޭ ޅެމެއްގެ ބައިތު ތަކަކުންނެވެ.

 

 

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ 10 ސެޕްޓެމްބަރ 2025 ގައި ޢިއުލާން ކުރަށްވާފައެވެ.

ކުރީގެ ރައީސުންގެ ގޮތުގައި ނަޝީދު ހިމެނިވަޑައިގަންނަވާހެން ފަސް ބޭފުޅަކު އެބަތިއްބެވިއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުންނަށް ދައުލަތުން ދޭ އިނާޔަތް

  • 2009 ވަނަ އަހަރު ފާސްކުރި ''"ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނު"ގެ ދަށުން އެއް ދައުރު އަދާކުރި ރައީސަކަށް މަހަކު 50،000 ރުފިޔާ އަދި ދެ ދައުރު އަދާކުރި ރައީސަކަށް މަހަކު 75،000 ރުފިޔާގެ މާލީ އިނާޔަތް ލިބިވަޑައިގަންނަވާ،
  • ކުރީގެ ރައީސަކު ނިޔާވެއްޖެނަމަ، އެ ރައީސެއްގެ އަނބިކަނބަލުން އެހެން މީހަކާ އިނދެވަޑައިގަންނަވަންދެން ނުވަތަ ދުނިޔޭގައި ހުންނެވިހާ ދުވަހަކު އިނާޔަތް ލިބިވަޑައިގަންނަވާނެ،
  • ދިރިއުޅުއްވުމަށް ތަނެއް ހަމަޖެއްސެވުމަށް މަހަކު 50،000 ރުފިޔާ އަދި ދަތުރުފަތުރުގެ ޚަރަދު ދައުލަތުން ހަމަޖައްސައިދޭ،
  • ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ސިއްޙީ ޚިދުމަތް ދައުލަތުގެ ޚަރަދުގައި ލިބިވަޑައިގަންނަވާ،
  • އޮފީސް ހިންގެވުމަށް މަހަކު 175،000 ރުފިޔާގެ އިނާޔަތެއް ލިބިވަޑައިގަންނަވާ،

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީންނަށް ރަށްވެހިކަންދީ އައްޑޫގައި އާބާދީ އިތުރު ކުރުމަށް ނަޝީދުގެ ހުށަހެޅުމެއް ޚަބަރު | 9 ދުވަސް ކުރިންކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު ކުރަށްވައިފިޚަބަރު | 2 މަސް ކުރިންއެއްވެސް ނޫސްވެރިއަކު ހައްޔަރެއް ނުކުރޭ، ދުރަށް ޖެއްސީ ނަސޭހަތް ދިނުމަށްފަހު: ވަޒީރު އިޙްސާންޚަބަރު | 2 މަސް ކުރިންއިންޑިއާގެ ބޮޑުވަޒީރު ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ބައްދަލުކުރައްވައިފިޚަބަރު | 3 މަސް ކުރިން