logo
MPL

MPL

ޚަބަރު

ރަސްމާލޭގައި ހިންގާ ޓޫރިޒަމުގެ އެންމެ ބޮޑު މަޝްރޫއަށް ނަޝީދުގެ ތާއީދު

އަޙުމަދު ރަމީޒު
21 ސެޕްޓެމްބަރު 2026 - 14:14
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރަސްމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ދިވެހި ތާރީޚުގައި ހިންގާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވައިފި އެވެ.

ރަސްމާލޭގައި ވޯޓާފްރަންޓާއި މެރީނާއެއް ތަރައްގީކުރަން 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ފެށުމަށް ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާއެކު ދިވެހި ސަރުކާރުން މިއަދު ވަނީ ސޮއިކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ރަސްމާލޭގައި ވޯޓާފްރޮންޓެއް ތަރައްގީކުރުމަކީ ރަނގަޅު ޚިޔާލެއް ކަމަށެވެ.

ރައީސް ނަޝީދުގެ ޕޯސްޓްގައި ވަނީ ރަސްމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ ތެރެއިން ދައުލަތަށް މާލީ ފައިދާތަކެއް ލިބޭނެ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އެގޮތުން ނަޝީދު ވިދާޅުވީ އެ މަޝްރޫއުގެ ތެރެއިން ދައުލަތަށް އެއްޗެއް ލިބެން އަދި މަދުވެގެން ދެ އަހަރު ނަގާނެ ކަމަށެވެ.

 

 

View post on Twitter

 

ރަސްމާލޭގައި ވޯޓާފްރަންޓާއި މެރީނާއެއް ތަރައްގީކުރާތީ އެ މަޝްރޫއަށް ބޮޑު ޝައުގުވެރިކަމެއް އުފެދި ރައީސް ނަޝީދު ވަނީ ބައެއް ކަންކަން އޮޅުންފިލުއްވުމުގެ ގޮތުން މުހިއްމު ސުވާލެއްވެސް ކުރައްވާފަ އެވެ. އެގޮތުން ނަޝީދު ވަނީ ރަސްމާލެ ތަރައްގީކުރަނީ މިސަރުކާރުގެ ހަލާލު ޓޫރިޒަމުގެ މިންގަނޑުގައިތޯ އައްސަވާފަ އެވެ.

ރަސްމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ޓޫރިޒަމާ ގުޅުންހުރި މަޝްރޫއު ކުރިއަށްދާ ނިސްބަތަކުން އެ މަޝްރޫއުގެ ތަފްސީލްތައް ރައީސް ނަޝީދު އުފާފުޅުވާ މިންވަރަށް ބައިބަޔަށް ހާމަކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޒުރޭލު މީހުންނަށް ބިން ނުގަނެވޭ ގޮތަށް ރަސްމާލެއާ ގުޅޭ ރިއަލް އެސްޓޭޓް ބިލް މަޖިލީހަށް ހުށަހަޅައިފިޚަބަރު | 34 މިނިޓު ކުރިންއެމްޑީޕީ ސަރުކާރުގައި ބާޣީންނާއި ޚާއިނުންނަށް އިއްޒަތާއި ޝަރަފް، ދިވެހިންނަށް ފުރައްސާރަރިޕޯޓް | ގަޑިއިރެއް ކުރިންގައުމީ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވައިގެން ނަޝީދުގެ މުށުތެރެއަށް އެމްޑީޕީރިޕޯޓް | ދުވަހެއް ކުރިންއެމްޑީޕީ ހަރުކަށި ފިކުރުގެ ޕާޓީއަކަށްވެ، ބޮޑު ނުރައްކަލަކަށްރިޕޯޓް | 7 ދުވަސް ކުރިން