logo
MPL

MPL

ޚަބަރު

ބިދޭސީންނަށް ރަށްވެހިކަންދީ އައްޑޫގައި އާބާދީ އިތުރު ކުރުމަށް ނަޝީދުގެ ހުށަހެޅުމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޮކްޓޯބަރު 2025 - 13:43
ބިދޭސީންނަށް ރަށްވެހިކަންދީ އައްޑޫގައި އާބާދީ އިތުރު ކުރުމަށް ނަޝީދުގެ ހުށަހެޅުމެއް

އައްޑޫ ސިޓީގެ އާބާދީ އިތުރުކުރުމަށްޓަކައި ބޭރުގެ ފަންނީ އަދި ތައުލީމީ މީހުންނަށް ދިވެހި ރައްޔިތުކަން ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޚިޔާލެއް ހުށަހަޅުއްވައިފިއެވެ.

މިއީ އަންނަ ހޮނިހިރު ދުވަހު އައްޑޫ ސިޓީގެ ބައެއް ރަށްތައް ވަކި ކައުންސިލްތަކަކަށް ބައިކުރުމާ ގުޅޭ ރިފަރެންޑަމް ވޯޓެއް ނެގުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ހުށަހަޅުއްވާފައިވާ ހުށަހެޅުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅުދޫ، މީދޫ އަދި ފޭދޫ ވަކިވަކި ކައުންސިލްތަކަކަށް ހެދުމަށް ނަޝީދު ތާއީދުނުކުރަށްވާއިރު، އޭގެ ބަދަލުގައި އައްޑޫގެ ތަރައްޤީއަށް އެންމެ ބޮޑަށް ބޭނުންވަނީ އާބާދީ އިތުރުކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ހުށަހެޅުމުގައި ހިމެނެނީ ގާނޫނުއަސާސީގެ ދަށުން ބޭރުގެ ފަންނީ އަދި ތައުލީމީ ފަރާތްތަކަށް ވަކި މުއްދަތަކަށް އައްޑޫގައި ވަޒީފާ އަދާކުރުމުގެ ޝަރުތާއެކު ދިވެހި ރައްޔިތުކަން ދިނުމެވެ.

 "އިސްލާމީ އުއްމަތުގެ ތެރެއިން މިފަދަ ފުރުސަތުގެ ބޭނުން ހިފާނެ ޒުވާން އިންޖިނިއަރުންނާއި، ޑޮކްޓަރުންނާއި، ޓީޗަރުން ފަދަ ބޭފުޅުން ގިނަ," ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވިސްނުމުގައި އައްޑޫއަކީ 50،000 މީހުން ދިރިއުޅޭ ސިޓީއަކަށް ހެދުމުގެ ފުރުސަތު އޮތް ތަނެކެވެ.

އައްޑޫ ސިޓީ ކައުންސިލް މިހާރު އޮތް ގޮތަށް އެކުލަވާލެވުނީ ނަޝީދުގެ ވެރިކަމުގައި، "އެއް އަތޮޅު އެއް ސިޓީ ކައުންސިލް" ގެ އުސޫލުންނެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި ވޯޓު ނަގަނީ ރަށު ކައުންސިލް ހެދުމަށް އެދި ރައީސް މުހައްމަދު މުއިއްޒުއަށް ހުށަހެޅުއްވި ރަށްރަށުގަ އެވެ.

އަންނަ ހޮނިހިރު ދުވަހު އައްޑޫގައި ނަގާ ވޯޓަކީ ވަކި ސަރަހައްދެއްގައި ވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ގާނޫނެއް އެކުލަވާލުމަށް ފަހު އެ ގާނޫނުގެ ދަށުން ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓުކަން ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޝީދުގެ ވަޢުދުން އަލަކާ ސިންގްއަށް 150,000 ޑޮލަރު ނުލިބޭނެ: ސުޕްރީމް ކޯޓުކޯޓް ރޫމް | 15 ދުވަސް ކުރިންތިން ރައީސުންގެ އެއްބަސްވުން ތޮޅިއަށްރިޕޯޓް | 23 ދުވަސް ކުރިންއީގަލް ހިލްސް މަޝްރޫއު އެމްޑީޕީއަށް ވެސް ކަމުދޭ, ކޮންގްރެސްގައި އެވާހަކަ ދައްކައިފިޚަބަރު | މަހެއް ކުރިންނަޝީދަކީ ޑިމޮކްރެޓިކް ލީޑަރެއްތަ؟ރިޕޯޓް | މަހެއް ކުރިން