logo
Bank of Maldives

Bank of Maldives

ޚަބަރު

އެޗްޑީސީން 5 ލެޕްޓޮޕް ވަގަށް ނެގި މައްސަލައެއް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
23 ޑިސެމްބަރު 2024 - 17:14
ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)-- ފޮޓޯ: މިހާރު
ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)-- ފޮޓޯ: މިހާރު

ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިޕާޓްމެންޓަކުން ފަސް ލެޕްޓޮޕް ވަގަށް ނެގި މައްސަލައެއް މިއަދު ފެންމަތިވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެ ލެޕްޓޮޕްތަކުގެ މައްސަލަ އެޗްޑީސީން ފުލުހަށް ހުށަހެޅި، ފަރުކޮޅުފުށީގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުން ފަސް ލެޕްޓޮޕެއް ގެއްލުނު މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް، މަސްތުވާތަކެތީގެ އިތުރު މައްސަލައެއްގައި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމުގައި ވެސް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އަދި އެ ލެޕްޓޮޕްތައް ފެނިފައިނުވާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ފުލުހުން ރޯޑްޝޯއެއް ކުރިޔަށް ގެންގޮސްފިޚަބަރު | 12 ގަޑިއިރު ކުރިންއަމާން ދޯދި ޓަވަރުތައް ކައިރި ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިޚަބަރު | ދުވަހެއް ކުރިންކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު 4 މީހުން ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފިޚަބަރު | 2 ދުވަސް ކުރިން