މަސްތުވާތަކެެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހިޔާ ފްލެޓުން ހަތަރު މީހުން ހައްޔަރުކޮށްފި
ހޮޔާ ފްލެޓުން ހައްޔަރަށް ގެންދިޔަ ހަތަރު މީހުން -- ފޮޓޯ: ފުލުހުން
24 ޑިސެމްބަރު 2024 - 06:10
ހިޔާ ފްލެޓެއް ބަލައިފާސްކޮށް މަސްތުވާތަކެެއްޗާއި ގިނަ އަދަދެއްގެ ފަިސާއާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރޭގައެވެ.
އެގޮތުން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން، އުމުރުން 40 އަހަރުގެ އިބްރާހިމް ޝަރީފް އާއި ގއ. ކޮލަމާފުށި، އޯޝަންބްލޫ، 41 އަހަރުގެ އަބްދުﷲ ޙަސަން އާއި، ހދ. ނޭކުރެންދޫ، އިރުދޭމާގެ، 33 އަހަރުގެ ހުސައިން ރިޔާޒްގެ އިތުރުން، ގއ. ދާންދޫ، ވަލުތެރޭގެ އުމުރުން 32 އަހަރުގެ އަބްދުﷲ ޖަމީލްއެވެ.
މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، ހިޔާ ފްލެޓް H9-20-11 އެޕާޓްމަންޓް ބަލައިފާސްކުރުމަށް ފަހު ކަމުގައި ވާއިރު، ބަލައި ފާާސްކުރެވުނު އެޕާޓްމަންޓްގައި މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނުވެސް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.