ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ނިހާދު ސަސްޕެންޑްކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނިހާދު -- ފޮޓޯ: ޕީއެންސީ
.jpg&w=3840&q=75)
24 ޑިސެމްބަރު 2024 - 07:11
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުޙައްމަދު ނިހާދު، މަގާމުން ސަސްޕެންޑްކޮށްފިއެވެ.
ނިހާދު އެ މަގާމުން ސަސްޕެންޑްކުރި ސަބަބެއް އެނިފައި ނުވި ނަމަވެސް، އެކަން "މެންދުރު ޓީވީ"އަށް ވަނީ ކަށަވަރުކުރެވިފައެވެ. އެގޮތުން ނިހާދު އެ މަގާމުން ސަސްޕެންޑްކުރީ މިއަދުގެ ވަގުތެއްގައެވެ.
މިއަދު ނިހާދު ސަސްޕެންޑްކުރިއިރު، ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ބައިވެރިވެވަޑައިގެން، ނިހާދު ވަނީ ވާހަކަ ވެސް ދައްކަވާފައެވެ. އެގޮތުން ޓޫރިޒަމް އިންޑަސްޓްރީ އަށް ޓެރަރިސްޓު ޙަމަލާއެއްދީ، އެ އިންޑަސްޓްރީ ފުނޑާލުމަށް އިދިކޮޅު އެމްޑީޕީން އަމާޒު ހިފާފައިވާ ކަމުގައި ރޭ ނިހާދު ވަނީ ވިދާޅުވެފައެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީގެ ގޮނޑީގައި ހޮވުނު ނިހާދު، ޕީއެންސީއަށް ބަދަލުވެވަޑައިގެންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުމާއެކުއެވެ. އެގޮތުން ނިހާދު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ،
އިތުރު ލިޔުންތައް

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އިންޑިއާގައި ބޭއްވުނު ރޯޑްޝޯ ކާމިޔާބު
9 މަސް ކުރިން
ފަސް ޤައުމަކުން، ކޮންމެ ޤައުމަކުން އަހަރުގެ މިހައިތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން
8 މަސް ކުރިން
1.5 މިލިއަނަށް ފަތުރުވެރިން ޒިޔާރަތްކޮށްފި
7 މަސް ކުރިން