logo
Bank of Maldives

Bank of Maldives

ޚަބަރު

ޗައިނާއިން ފަރުނީޗަރު އެތެރެކުރުމަށް އެފްޓީއޭގެ ދަށުން ޑިއުޓީ މާފުވާނެ: އިކޮނޮމިކް މިނިސްޓްރީ

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ޑިސެމްބަރު 2024 - 09:24
 ޗައިނާއިން ފަރުނީޗަރު އެތެރެކުރުމަށް އެފްޓީއޭގެ ދަށުން ޑިއުޓީ މާފުވާނެ

ރާއްޖެއާއި ޗައިނާ ދެމެދު ވެވުނު ފްރީޓްރޭޑް އެއްބަސްވުމުގެ ދަށުން، ޗައިނާއިން ރާއްޖެއަށް އެތެރެކުރާ ފަރުނީޗަރުގެ ބާވަތްތަކުން ޑިއުޓީ މާފުކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ރާއްޖެއާއި ޗައިނާ ދެމެދު ވެވުނު ފްރީޓްރޭޑް އެއްބަސްވުމުގެ ސަބަބުން ލިބޭނެ ފަސޭހަތަކާއިގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިނިސްޓްރީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިހާރު ޗައިނާއިން ރާއްޖެއަށް އެތެރެކުރާ ފަރުނީޗަރުގެ ބާވަތްތަކުން 5 އިންސައްތައިގެ ޑިއުޓީއެއް ނަގަމުން ދިޔަނަމަވެސް ފްރީޓްރޭޑް އެއްބަސްވުމަށް ޢަމަލުކުރަން ފެށުމާއެކު މި ޑިއުޓީ އެއްކޮށް މާފުކުރެވިގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީން ފާހަގަކުރެއްވި ގޮތުގައި، މި ބަދަލާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި ފަރުނީޗަރު ވިއްކާ އަގު ހެޔޮވެގެންދާނެއެވެ. އަދި އަމިއްލަ ފަރުދުން ފަރުނީޗަރު އެތެރެކުރުމަށް ކުރަންޖެހޭ ޚަރަދުތައްވެސް ކުޑަވެގެންދާނެއެވެ.

ރާއްޖެއާއި ޗައިނާ ދެމެދު ސޮއިކުރެވުނު މި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

މީގެ އިތުރުން، މި އެއްބަސްވުމާއެކު ދިވެހި ވިޔަފާރިވެރިންނަށް ޗައިނާގައި ރީޓެއިލް އައުޓްލެޓް ހުޅުވައިގެން ޚިދުމަތް ދިނުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެއްވިއެވެ. މިއީ ދިވެހި އުފެއްދުންތައް ޗައިނާގެ ބާޒާރުގައި ސޯކޭސްކޮށް ވިއްކުމަށް ލިބިގެންދާނެ މުހިންމު ފުރުޞަތެކެވެ.

މި އެއްބަސްވުމަކީ ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް، އިޤްތިޞާދީ ގޮތުން ދެ ޤައުމަށްވެސް ފައިދާ ލިބިގެންދާނެ މުހިންމު އެއްބަސްވުމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިންނަށް ފުރުސަތު އިތުރުވާނެހެން ބޭރުގެ ވިޔަފާރިތަކަށް ބައެއް ދާއިރާތައް މަނާކޮށްފިޚަބަރު | 11 ދުވަސް ކުރިންޕާކިސްތާނުގައި ބާއްވާ ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ޚަބަރު | 3 މަސް ކުރިންޓްރޭޑްމާކް ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިޚަބަރު | 3 މަސް ކުރިންލަންކާ އިންޑަސްޓްރީ އެކްސްޕޯ: ގައި ދިވެހި ވިޔަފާރިތަކަށް ރަނުގެ ފުރުސަތެއްޚަބަރު | 3 މަސް ކުރިން