އައު އަހަރާ ދިމާކޮށް މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއް ހިންގަނީ
ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް
25 ޑިސެމްބަރު 2024 - 06:51
ކުރިއަށް އޮތް އައު އަހަރުގެ ދުވަސްވަރާ ދިމާކޮށް މަސްތުވާކެތީގެ ޚާއްސަ އޮޕަރޭޝަނެއް ހިންގަން ފުލުހުން ނިންމައިފިއެވެ.
ފުލުހުން މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، އައު އަހަރާއި ގުޅިގެން މަސްތުވާތަކެތީގެ ޙާއްސަ އޮޕަރޭޝަނެެއް ކުރިއަށްގެންދާނެކަމެވެ.
މި އޮޕަރޭޝްން ހިންގުމަށް ހަމަޖެހިފައިވަނީ އައު އަހަރާއި ދިމާކޮށް ބަނގުރަލާއި މަސްތުވާތަކެތީގެ ވިޔަފާރި އިތުރުވާނެކަމަށް ބެލެވޭތީކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ގޮތުން ޑްރަގް އެންފޯސްމެންޓާއި ހުޅުމާލެ ޕޮލިސް، މެރިން ޕޮލިސް އަދި ކ. އަތޮޅު ޕޮލިސް ސްޓޭޝަންތައް ގުޅިގެން އިއްޔެ މި އޮޕަރޭޝަން ވަނީ ފަށާފައެވެ.
މި އޮޕަރޭޝަންގައި ހުޅުމާލެ ފަޅުތެރެ ޕެޓްރޯލްކުރުމާއި ރަށުތެރެއަށް ބަނގުރާ އަރުވައި، ބަނގުރާ ވިއްކާކަމަށް ތުހުމަތުކުރެވޭ ކެފޭ، ރެސްޓޯރެންޓްތައް މޮނީޓަރުކޮށް، ޤާނޫނާއި ޤަވާއިދާ ހިލާފުވަ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެކަމަށް ފުލުހުން ވެސް ބުންޏެވެ.