logo
E-Platinum
ޚަބަރު

މަޖީދީ މަގުގެ ބައެއް ސަރަހައްދުތައް މަރާމާތު ކުރަނީ

އަޙްމަދު ޒަލީފް
25 ޑިސެމްބަރު 2024 - 15:59
މަޖީދީ މަގުގެ ބައެއް ސަރަހައްދުތައް މަރާމާތު ކުރަނީ

ހަލާކުވެފައިވާ މަޖީދީ މަގުގެ ސަރަހައްދުތައް މަރާމާތުކުރަން ފަށައިފި އެވެ.

އެގޮތުން ހަވީރީ ހިނގުމުގެ ހަލާލުވެފައިވާ މަގުގެ ސަރަހައްދުތައް ވެސް ވަނީ މަރާމާތުކޮށްފައެވެ.

މަޖީދީ މަގުގައި ހަލާކުވެފައިވާ ސަރަހައްދުތައް ހެދުމުގެ މަސައްކަތް ފެށިއިރު ކައުންސިލުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ވާރޭވެހި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތައް މަރާމާތުކުރުމެވެ. މަޖީދީމަގާއި ރަށްދެބައި މަގު ގުޅޭ ސަރަހައްދުގެ މަސައްކަތް ރޭ ވަނީ ފަށާފަ އެވެ.

މިކަމާ ގުޅޭގޮތުން ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ މަޖީދީ މަގުގެ މަސައްކަތް ނިމޭއިރު ދުވާރު މައްޗާއި މަގުގައި ހެދިފައިހުރި ވަޅުގަނޑުތައް މަރަމާތުކުރުމުގެ އިތުރުން ކާނުތައް ސާފުކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.

މިއީ މާލެސިޓީގެ މަގުތަކުގައި ހަލާކުވެފައިވާ ސަރަހައްދުތައް ދެނެގަތުމަށް ކައުންސިލުން ކުރި ސާވޭން ފާހަގަކުރެވުނު ސަރަހައްދުތައް ހެދުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް މާލޭ ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މަޖީދީ މަގުގެ މަސައްކަތް ނިމޭއިރު ދުވާރު މައްޗާއި މަގުގައި ހެދިފައިހުރި ވަޅުގަނޑުތައް މަރަމާތުކުރުމުގެ އިތުރުން ކާނުތައް ސާފުކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.

އަދި އެ މަސައްކަތް މަޖީދީމަގުގައި ފެން ބޮޑުވުމުގެ ސަބަބުން، ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ކުރިމަތިވާ އުނދަގޫތަކާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމުގެ ޔަގީންކަން ސިޓީ ކައުންސިލުން ވަނީ ދީފައެެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޖީދީ މަގުގެ ބައެއް ސަރަހައްދުތައް މަރާމާތު ކުރަނީ ޚަބަރު | 7 މަސް ކުރިންމަޖީދީ މަގުގައި އަނިޔާވެފައި އޮތް މީހަކު ފެނިއްޖެޚަބަރު | 10 މަސް ކުރިން