logoEN
ކުޅިވަރު

ބާސެލޯނާއިން ޖޮނަތަން ތާހް ގެނައުމުގެ މަސައްކަތް ކުރިއަށް، ރޮނަލްޑޯ އަރައޫޖޯގެ މުސްތަޤްބަލް އަދިވެސް ސާފެއްނުވޭ

ބާސެލޯނާއިން ދަނީ ޑިފެންސިވް މައްސަލަ ހައްލުކުރުމަށް ތާހް ގެނައުމުގެ މަސައްކަތް ކުރަމުން

ބާސެލޯނާއިން ދަނީ ޑިފެންސިވް މައްސަލަ ހައްލުކުރުމަށް ތާހް ގެނައުމުގެ މަސައްކަތް ކުރަމުން

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

26 ޑިސެމްބަރު 2024 - 06:50

ބާސެލޯނާއިން ޖަރުމަނުގެ އަދި ބަޔަރ ލެވަރކޫސަންގެ ޑިފެންޑަރު ޖޮނަތަން ތާހް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ. 29 އަހަރުގެ މި ކުޅުންތެރިޔާ މި ސީޒަނުގެ ނިޔަލަށް ބަޔަރ ލެވަރކޫޒަންއާއެކު އޮތް އެއްބަސްވުން ނިމުމަކަށް އައުމުން، ހިލޭ ޓްރާންސްފަރއެއްގެ ގޮތުގައި ބާސެލޯނާއާ ގުޅޭނެކަމަށް ބެލެވެއެވެ.

ބާސެލޯނާގެ ސްޕޯޓިންގ ޑިރެކްޓަރު ޑެކޯ ކުރީއްސުރެ ތާހް ގެނައުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ހާންސީ ފްލިކްގެ ނުފޫޒުވެސް މި މުޢާމަލާތުގައި ހިމެނޭކަމަށް ބެލެވެއެވެ. ޑެކޯ ވަނީ ޑިސެމްބަރު މަހު ތާހްގެ އޭޖެންޓުންނާއެކު މަޝްވަރާތައް ފަށާފައެވެ.

މި މުޢާމަލާތަކީ ބާސެލޯނާއަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އެއީ ކުލަބުގެ ގިނަ ޑިފެންޑަރުންގެ މުސްތަޤްބަލު ސުވާލުމާކެއްގެ ތެރޭގައި ހުރުމާއި، 2026 ގައި އެތައް ބައެއްގެ އެއްބަސްވުން ނިމުމަކަށް އަންނާތީއެވެ. އަދި އިނީގޯ މާޓީނެޒްގެ އެއްބަސްވުން އައުކުރުންވެސް ބިނާވެފައިވަނީ އޭނާ ކުޅޭ މެޗުތަކުގެ މައްޗަށެވެ.

30 މިލިއަން ޔޫރޯގެ އަގު ކަނޑައަޅާފައިވާ ތާހް ގެނައުމަކީ ބާސެލޯނާގެ ދަތި މާލީ ހާލަތުގައި ފެއަރ ޕްލޭ ގަވާއިދުތަކަށް ފެތޭ ގޮތަށް ކުރެވޭނެ މުޢާމަލާތެއް ކަމުގައި ބެލެވެއެވެ. ނަމަވެސް މިކަމުގެ ސަބަބުން ބާސެލޯނާގެ ޑިފެންޑަރ ރޮނަލްޑޯ އަރައޫޖޯގެ މުސްތަޤްބަލާމެދު ސުވާލު އުފެދިފައިވެއެވެ. އަރައޫޖޯގެ އެއްބަސްވުން އައުކުރުމުގެ މަސައްކަތް މިހާރު އެހާ އަވަސް ކުރަން ނުޖެހޭކަމަށް ކްލަބުން ދެކެއެވެ.

އަރައޫޖޯ ކްލަބުގެ މާލީ ހާލަތަށް ނުފެތޭނަމަ، އޭނާ ވިއްކާލުމުގެ ފުރުޞަތު އޮތްކަމަށް ބެލެވެއެވެ. ހަމައެހެންމެ ފްރެންކީ ޑި ޔޯންގްވެސް 2025-26 ވަނަ މޫސުމުގެ ކުރިން އެއްބަސްވުން އައު ނުކުރާނަމަ، ވިއްކާލުމުގެ ފުރުޞަތު އެބައޮތެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder