logo
ކުޅިވަރު

ފަސޭހަ މޮޅާކާއި އެކު ބާސެލޯނާއިން ބަޔާން އާއި މެޑްރިޑަށް ވަރުގަދަ މެސެޖެއް.

އަބްދުﷲ ޣާނިމް
21 އޮކްޓޯބަރު 2024 - 10:21
ބާސެލޯނާގެ ޒުވާން އެޓޭކަރ ލަމީން ޔަމާލް. ފޮޓޯ: ގެޓީ އިމޭޖަސް
ބާސެލޯނާގެ ޒުވާން އެޓޭކަރ ލަމީން ޔަމާލް. ފޮޓޯ: ގެޓީ އިމޭޖަސް

ބާސެލޯނާ (ސްޕެއިން): ސްޕެނިޝް ލަލީގާއި 5-1 ގެ ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް ކުރިޔަށް އޮތް 2 މެޗުގައި ބާސެލޯނާއި ދެކޮޅަށް ކުޅޭ ދެ ޓީމް ކަމުގައިވާ ބަޔާން މިޔުނިކާއި ރެއާލް މެޑްރިޑަށް ވަރުގަދަ މެސެޖެއްދީފިއެވެ. މި މެޗަށް ކުރިމަތިލިއިރު ބާސެލޯނާ ވަނީ އެންމެ ފަހުން ކުޅުނު 5 މެޗުގައި 16 ގޯލް ޖަހައިފައެވެ. އަދި ސެވިއްޔާ އާއި ބާސެލޯނާއާއި ދެމެދު ކުޅުނު 8 މެޗުގައިވެސް ސެވިއްޔާއަށް ބާސެލޯނާ ބަލިކުރެވިފައި ނުވެއެވެ. އަދި މި ސީޒަނުގައި ލީގުގައި އަވޭ މެޗަކުން ސެވިއްޔާ މޮޅުވެފައި ނުވެއެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލް ޖެހީ 24 ވަނަ މިނެޓުގައި ރަފިންހާ އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ހުނަރުވެރި ފޯވާޑް ލެވަންޑޮވްސްކީ އެވެ. ދެވަނަ ގޯލް ޖެހީ ޕެޑްރީއެވެ. 3 ވަނަ ގޯލް ޖެހީ އަނެއްކާވެސް މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖަހާފާއިވާ ކުޅުންތެރިޔާ ލެވަންޑޮވްސްކީ އެވެ. މި ގޯލާއެކު މި މުބާރާތުގައި ލެވަންޑޮވްސްކީ ވަނީ ޖުމުލަ 12 ގޯލް ޖަހާ، ގޯލް ޗާޓުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. ބާސެލޯނާގެ 4 އަދި 5 ވަނަ ގޯލް ޖަހައިދިނީ ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އެރި އެޓީމްގެ ޒުވާން ސްޕެނިޝް ފޯވާޑް ޕަބްލޯ ޓޯރޭ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސެވިއްޔާގެ ހަމައެކަނި ގޯލް ޖަހައިދީފައިވަނީ އެޓީމުގެ 19 އަހަރުގެ ފޯވާޑް ބެލްޖިއަމްގެ ސްޓެނިޝް އިޑުމްބޯ އެވެ.   

މި މެޗުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އަނިޔާގެ ސަބަބުން ކުޅުމާދުރުގައިހުރި ބާސެލޯނާގެ އުއްމިދީ މިޑްފީލްޑަރ ގަވީ 349 ދުވަސްފަހުން އަނބުރާ ދަނޑަށް ކުޅެން ނިކުތުމެވެ.

Screenshot 2024-10-21 144415.png

ފަބްލޯ ގާވީ؛ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރިއައިސް ބާސާ ޖާޒީގައި. ފޮޓޯ: ގެޓީ އިމޭޖެސް

 

މި މޮޅާއެކު ބާސެލޯނާއި ވަނީ ސްޕެނިޝް ލަލީގާ ގައި ރެއާލް މެޑްރިޑް ގެ މައްޗަށް ދަމަހަށްޓަމުން އައި 3 ޕޮއިންޓް ގެ ލީޑު އެގޮތުގައި ހިފަހަށްޓާލާއި ޓޭބަލް ގެ އެއް ވަނަގައި ހަމަޖެހިލާފައެވެ. މި ސީޒަންގައި ޔޫރަޕުގެ ގަދަ 5 ލީގު ތެރެއިން ޓީމަކުން އެންމެ ގިނަ ގޯލް ޖަހާފައި ވަނީވެސް ބާސެލޯނާކަން ފާހަގަކުރެވެއެވެ.

މި މޮޅާއެކު ބާސެލޯނާއި ވަނީ އެޓީމު ދެން ވާދަކުރަން ހަމަޖެހިފައިވާ ބަޔާން މިޔުނިކް އަދި ރެއާލް މެޑްރިޑަށް ވަރުގަދަ މެސެޖެއް ދީފައެވެ. ބަޔާން އިން ވަނީ މީގެ ކުރިން ޗެންޕިއަންސް ލީގުގައި 8-2 ގެ ނަތީޖާއަކުން ބާސެލޯނާ ލަދުގަންނަވާލާފައެވެ. އަދި ހަމަ މިގޮތަށް މިދިޔަ ސީޒަންގައި ބާސެލޯނާއިން މެޑްރިޑާ ދެކޮޅަށް ކުޅުނު 3 މެޗުންވެސް ވަނީ ބަލިވެފައެވެ. އެހެން ނަމަވެސް ޒުވާން ސްކޮޑަކާއެކު ސީޒަންނަށް ތައްޔާރުވެފައިވާ ބާސާއިވަނީ މި މެސެޖާއެކު އެޓީމަކީވެސް ޔޫރަޕްގެ ބޮޑެތި ޓީމުތަކާ ވާދަކުރެވޭވަރުގެ ޓީމެއްކަން ސާބިތުކޮށްދީފާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވީގެ ފަރުވާއާ ގުޅޭގޮތުން ބާސެލޯނާ ދެބައިވެއްޖެކުޅިވަރު | 10 ގަޑިއިރު ކުރިންބާސެލޯނާ މި ހަފްތާބަންދުގައި ކުޅޭނީ އެންމެ 6000 ސަޕޯޓަރުން ކުރިމަތީގައިކުޅިވަރު | 4 ދުވަސް ކުރިންޔުނައިޓެޑުން ގެނައި ކުނިކޮތަޅު މަހެއް ނުވަނީސް ބާސެލޯނާއިން ބޭރުކުރަނީ؟ކުޅިވަރު | 6 ދުވަސް ކުރިންވީއޭއާރު ނުލައި ޕެނަލްޓީގެ އެހީގައި ބާސާ މޮޅުވަނިކޮށް ޕެރޭޒް އެކަން ހުއްޓުވައިފިކުޅިވަރު | 13 ދުވަސް ކުރިން