ބެލަންޑޯ މިފަހަރު ލިބޭނީރޮޑްރީއަށް
2 ސެޕްޓެމްބަރު 2026 - 23:38

މިދިޔަ ސީޒަނުގައި އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހުނު ނަމަވެސް، 2026 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީއަށް ހައްގުވާ ކަމަށް ސްޕެނިޝް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ބުނެފިއެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ބެލޮންޑިއޯ ހޯދުމުގެ ވާދަވެރިކަން ވަރަށް ބޮޑަށް ހުޅުވިފައިވާއިރު، މި އެވޯޑަށް އެންމެ ބޮޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ރޮޑްރީގެ އިތުރުން ލަމީން ޔަމާލް، ހެރީ ކޭން، އަދި ކިލިއަން އެމްބާޕޭ ހިމެނެއެވެ.

Ad by Hajj Corporation
ޓެބާސް ގަބޫލުކުރާ ގޮތުގައި ވޯލްޑް ކަޕްގައި ސްޕެއިން ޓީމަށް ރޮޑްރީ ދެއްކި މޮޅު ކުޅުމަކީ އެވޯޑް އޭނާއަށް ލިބެންޖެހޭ މައިގަނޑު ސަބަބެވެ. ރޮޑްރީ ވަނީ ސްޕެއިނަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށް، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި ގޯލްޑަން ބޯލް ހާސިލްކޮށްފައެވެ.
ޓެބާސް ބުނީ، "އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހުނު ނަމަވެސް، އޭނާ ކުޅުނު ވޯލްޑް ކަޕްގައި ދެއްކީ އާދަޔާ ހިލާފު މަތީ ފެންވަރެއްގެ ކުޅުމެއް،" ކަމަށެވެ. އަދި "އަހަރެން ގަބޫލުކުރަނީ ރޮޑްރީއަށް އަނެއްކާވެސް ބެލޮންޑިއޯ ލިބެންޖެހޭނެ ކަމަށް،" ޓެބާސް އިތުރަށް ފާހަގަކުރިއެވެ.
މެންޗެސްޓާ ސިޓީއާއެކު ޗެމްޕިއަންސް ލީގު އަދި ސްޕެއިނާއެކު ޔޫރޯ ކާމިޔާބުކުރުމަށްފަހު، ރޮޑްރީ ވަނީ މީގެ ކުރިން 2024 ވަނަ އަހަރު ވެސް ބެލޮންޑިއޯ އެވޯޑް ހާސިލްކޮށްފައެވެ.

-01.jpg&w=3840&q=75)
