logo
MPL

MPL

ޚަބަރު

ސްޕޯޓްސް ސްކޮލަރޝިޕް ޒުވާން ދުވުންތެރިޔާ ހިމްނާ އަށް

ސުދާ ލަތީފް
26 ޑިސެމްބަރު 2024 - 11:13
ސޮޕޯޓްސް ސޮކޮލަރޝިޕް ލިބުނު ހިމްނާ -- ފޮޓޯ : ބީއެމެއެލް
ސޮޕޯޓްސް ސޮކޮލަރޝިޕް ލިބުނު ހިމްނާ -- ފޮޓޯ : ބީއެމެއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީ (އެމްއޯސީ) އާ ގުޅިގެން ހުޅިވާލި ސްޕޯޓްސް ސްކޮލަރޝިޕް ޒުވާން ދުވުންތެރިޔާ އާއިޝަތު ހިމްނާ ހަސަންއަށް ލިބިއްޖެއެވެ.

ސްޕޯޓްސް ސްކޮލަރޝިޕްގައި ހިމްނާ ތަމްރީނު ހޯދާނީ ޖެމެއިކާގައެވެ. މިއީ އެއް އަހަރު ދުވަހަށް ލިބިގެންދިޔަ ސޮކޮލަރޝިޕްއެކެވެ.

ބީއެމްއެލްގެ ސްޕޯޓްސް ސްކޮލަރޝިޕް ހިމްނާއަށް ލިބުނުއިރު، 2022 ވަނަ އަހަރު އޭނާއަށް ވަނީ އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލް މެދުވެރިކޮށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ފަރާތުން ޖެމެއިކާގައި ދެ އަހަރު ދުވަހުގެ ތަމްރީން ސްކޮލަރޝިޕެއް ލިބިފައެވެ.

ހިމްނާއަށް މި ފަހަރު ލިބިގެންދިޔަ ފުރުސާތާ ގުޅޭގޮތުން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މުންތަގިމް ވިދާޅުވީ މި ފަހަރު ލިބުނު ފުރުސަތާއެކު ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި އެދެނީ މި ފުރުސަތާއެކު ހިމްނާ ކުރިމަގުގައި މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށްވެސް މުންތަގިމް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސްޕޯޓްސް ސްކޮލަރޝިޕަކީ އެ ކުންފުނީގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފުކުރި ސްކޮލަރޝިޕެކެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމުގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި, ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމެވެ. އަދި މި ޕްރޮގްރާމުގެ ފުރަތަމަ ބެޗްގައި، ހަތަރު ކުޅިވަރަކުން ހަތް ކުޅުންތެރިން ވަނީ ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށްފައެވެ. މިއީ ރާއްޖޭގައި އެންމެ މޮޅު ހުނަރުވެރި ކުޅުންތެރިން ތަމްރީނުކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްއިން ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރަން ނިންމައިފިޚަބަރު | 19 ދުވަސް ކުރިންގައުމީ ބޭންކުން ކޮންމެ ދުވަހަކު 2.7 މިލިޔަން ޑޮލަރު ވިއްކާޚަބަރު | 20 ދުވަސް ކުރިންބޭންކް އޮފް މޯލްޑިވިސް އިން އެއްވެސް ކަމަކަށް ސަރުކާރަށް ޑޮލަރު ދީފައެއް ނުވާނެ: ޝަރީފުޚަބަރު | މަހެއް ކުރިންސްވައިޕް މެދުވެރިކޮށް ބައިނަލް އަގުވާމީ އެކައުންޓް ހުޅުވޭނެ، މިއީ އިންގިލާބީ ބަދަލެއް: ބީއެމްއެލްގެ ސީއީއޯވިޔަފާރި | 2 މަސް ކުރިން