logo
E-Platinum
ޚަބަރު

އެމްއެންޑީއެފުން ޑްރޯންގެ އެހީގައި ރާއްޖެއަށް ވަދެ އުޅުނު ބޭރުގެ މަސް ބޯޓެއް ހިފަހައްޓައިފި

ސުދާ ލަތީފް
26 ޑިސެމްބަރު 2024 - 14:33
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސް ބޯޓު
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސް ބޯޓު

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސް ބޯޓެއް ޑްރޯން ބޭނުން ކޮށްގެން ހޯދައި ، އެމްއެންޑީއެފުން އެ ބޯޓު ހުއްޓުވައިފިއެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި، ގާނޫނާ ޚިލާފަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް އެއާ ކޯ ޑްރޯންގެ އެހީގައި ހޯދައިފައިވާ ކަމަށެވެ.

އެ ބޯޓުގައި ތިބީ ކިތައް މީހުން ކަމެއް އަދި އެ ބޯޓަކީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް އެމްއެންޑީއެފް އިން ހާމަކޮށްފައި ނުވެއެވެ.

ސިފައިން ވަނީ، ޑްރޯންގެ އެހީގައި އެ ބޯޓު އޮތް ހިސާބެއް ހޯދިއިރު ފެނުނު މަންޒަރުތަކުގެ ފޮޓޯތަކެއް ވެސް ހިއްސާކޮށްފައެވެ.

 

 

އެ ބޯޓު ހޯދުމަށް ފަހު، އެ އުޅަނދު މިހާރު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެކުރިން ވެސް ޑްރޯން ބޭނުން ކޮށްގެން ވަގަށް އެތެރެވެގެން އުޅުނު ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް އިން ހޯދާފައިވެއެވެ.

 

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ދެމީހަކު ސަލާމަތް ކޮށްފިޚަބަރު | 7 ދުވަސް ކުރިންކަނޑުމަތީގެ 7 ހާދިސާއެއް، ގައްދޫން ގެއްލުނު މީހާ އަދިވެސް ނުފެނޭ!ޚަބަރު | 14 ދުވަސް ކުރިންގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި އުޅުނު ބޭރުގެ 2 މަސްބޯޓް އަތުލައިގެންފި ޚަބަރު | މަހެއް ކުރިންއެމްއެންޔޫ ޖޮބް ފެސްޓިވަލުގައި އެމްއެންޑީއެފުން ބައިވެރިވެއްޖެޚަބަރު | 2 މަސް ކުރިން