logo
E-Platinum
ޚަބަރު

އެމްއެންޔޫ ޖޮބް ފެސްޓިވަލުގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ

އެމްއެންޔޫ ޖޮބް ފެޔާ-- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޔޫ ޖޮބް ފެޔާ-- ފޮޓޯ: އެމްއެންޑީއެފް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "އެމްއެންޔޫ ޖޮބް ފެސްޓިވަލް 2025" ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެއެވެ. 

ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒާއި ކެމްޕަސްތަކުގައި، މޭ 22 އިން 23 ކުރިއަށްގެންދިޔަ މި ޖޮބް ފެސްޓިވަލަކީ ދަސްވެނިވަމުންދާ ދަރިވަރުންނާއި، ވަޒީފާ ހޯދާ ފަރާތްތަކާއި، އެކިކަހަލަ ފަންނީ ހުނަރުގެ ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް އަންގައިދީ، ވަޒީފާ ދޭ ފަރާތްތަކާ ގުޅުވައިދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ފެސްޓިވަލެކެވެ.

  މި އަހަރުގެ ފެސްޓިވަލުގައި 70އަށް ވުރެ ގިނަ މުއައްސަސާއިން ބައިވެރިވި އިރު، އެމްއެންޑީއެފުން ވެސް ވަނީ ފެސްޓިވަލް ކުރިއަށްދިޔަ ސަރަހައްދުތަކުގައި ސްޓޯލްތައް ގާއިމުކޮށްފައެވެ.

މިގޮތުން އެމްއެންޑީއެފްގެ ސްޓޯލްތަކުން، އެމްއެންޑީއެފްގެ އެކި ދާއިރާތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ކުރިއަށް ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އަދި، މި ސްޓޯލްތަކުގައި އެމްއެންޑީއެފްގެ ސަރވިސް، ކޮމާންޑް، ޔުނިޓް އަދި ޑައިރެކްޓްރޭޓުތަކުން ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

 ތަޢުލީމީ ޒުވާނުން ސިފައިންގެ ވަޒީފާއަށް ގެނައުމުގެ މަގުސަދުގައި އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ސްޓޯލްތައް، މާލޭ ސިޓީ އެމްއެންޔޫ މެއިން ކެމްޕަހުގައާއި، އެމްއެންޔޫ ކުޅުދުއްފުށި ސިޓީ ކެމްޕަހުގައާއި، އެމްއެންޔޫ ލ.ގަން ކެމްޕަހުގައާއި، އެމްއެންޔޫ އައްޑޫ ސިޓީ، ހިތަދޫ ކެމްޕަހުގައާއި، އެމްއެންޔޫ ތިނަދޫ ސިޓީ ކެމްޕަހުގައި ކުރިއަށްދިޔައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެންޔޫ ޖޮބް ފެސްޓިވަލުގައި އެމްއެންޑީއެފުން ބައިވެރިވެއްޖެޚަބަރު | 2 މަސް ކުރިންމާލޭގެ ގުދަނެއްގައި އަލިފާން ރޯވެއްޖެ ޚަބަރު | 6 މަސް ކުރިންހިޔާ ފްލެޓް ލިބިފައިވާ ސިފައިންނަށް ސިފްކޯ ފްލެޓް ލިބިފައި ނޯންނާނެ: އެމްއެންޑީއެފްޚަބަރު | 7 މަސް ކުރިންވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި އަލިފާން ރޯވެއްޖެޚަބަރު | 7 މަސް ކުރިން