logo
Bank of Maldives

Bank of Maldives

ޚަބަރު

ދޯންޏެއް ބަންޑުންޖަހާލައި ދިވެއްސަކު ނިޔާވެއްޖެ

ޢައްފާން މުޙައްމަދު
26 އޯގަސްޓު 2025 - 19:50
ލޯންޗެއް ބަންޑުންޖަހާލި ހާދިސާއެއްގައި ކަނޑުވި ބަޔަކު ސަލާމަތްކުރަން އެމްއެންޑީއެފްގެ އޮފިސަރުންތަކެއް ހަރަކާތްތެރިވަނީ -- ފޮޓޯ./ އެމްއެންޑީއެފް
ލޯންޗެއް ބަންޑުންޖަހާލި ހާދިސާއެއްގައި ކަނޑުވި ބަޔަކު ސަލާމަތްކުރަން އެމްއެންޑީއެފްގެ އޮފިސަރުންތަކެއް ހަރަކާތްތެރިވަނީ -- ފޮޓޯ./ އެމްއެންޑީއެފް

ދޯންޏެއް ބަންޑުން ޖަހާލައި ހިނގި ކަނޑުމަތީގެ ހާދިސާއެއްގައި ދިވެއްސަކު ނިޔާވެއްޖެއެވެ.

ގައުމީ ދިފާޢީ ބާރުން ބުނީ، "ލިއޯ" ނަމަކަށް ކިޔާ ދޯންޏެއް، ކ. ތުލުސްދޫ ކައިރިން ބަންޑުންޖަހާލިކަމުގެ ރިޕޯޓު، އަންގާރަ ދުވަހުގެރޭގެ ވަގުތެއްގައި ލިބިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން، މާލޭ އޭރިއާ ސެކަންޑް ސްކޮޑްރަން އިން ހަރަކާތްތެރިވެފައިވާ ކަމަށާއި އެ ދޯނިން ދަތުރުކުރަމުންދިޔަ 6 މީހުންގެ ތެރެއިން އެކަކު ގެއްލުމުގެ ރިޕޯޓޫ ލިބުމުން، އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ތުލުސްދޫ ބަޔަކަށް އެ މީހާގެ ހަށިގަނޑު ފެނިފައިވާކަމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ގެއްލުނު މީހާ ތުލުސްދޫގައި ހުންނަ ކ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށެވެ.

ނިޔާވެފައިވަނީ ބ. ކުޑަރިކިލަށް ނިސްބަތްވާ ފިރިހެނެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުވަހާސް އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަޙައްދެއް ބަލައިފި، ގެއްލުނު މީހުން އަދިވެސް ނުފެނޭޚަބަރު | މަހެއް ކުރިންގެއްލުނު މީހުން އަދިވެސް ނުފެނޭ ހަހާސް އަކަ ނޯޓިކަލް މޭލު ބަލައިފިޚަބަރު | މަހެއް ކުރިންތިން މީހުން ގެއްލުނީ ދޯނިން ދިޔަ ހިއްކަން ތިއްބާޚަބަރު | މަހެއް ކުރިންދޯންޏަކަށް ދިޔަވެ އަޑިއަށް ގޮސް ކައްޕި އާއި ފުލުހަކާއި ސިފައިންގެ މީހެއް ގެއްލިއްޖެޚަބަރު | މަހެއް ކުރިން