logo
MPL

MPL

ޚަބަރު

ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި އުޅުނު ބޭރުގެ 2 މަސްބޯޓް އަތުލައިގެންފި

އާމިނަތު ޝަފާ
23 ޖޫން 2025 - 13:07
ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި އުޅުނު ބޭރުގެ 2 މަސްބޯޓް އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ 2 މަސްބޯޓް އަތުލައިގެންފައިވާކަމަށް ސިފައިން ބުނެފިއެވެ.

ސިފައިން ބުނީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރު ޤައުމެއްގެ 2 މަސްބޯޓް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިތުރު އެއްވެސް މައުލޫމާތެއް ސިފައިން ހާމަކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުން ކޮށްގެންނާއި އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން އަންނަނީ ރާއްޖޭގެ ސަރަހައްދުތައް ބަލަހައްޓަމުންނެވެ.

އަސްކަރީ ޑްރޯން ހިމެނޭ ގޮތަށް ދިވެހި ސިފައިންގެ އެއާ ކޯ އިފްތިތާހް ކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 15ވަނަ ދުވަހުއެވެ.

އެމްއެންޑީއެފަށް ގެނައި ޔޫއޭވީ ޑްރޯންތަކަކީ 18،000 އާއި 25،000 ފޫޓު މަތިން އުދުހުމުގެ ގާބިލުކަން ލިބިގެންވާ ޑްރޯންތަކެކެވެ. އަދި 300 ކިލޯމީޓަރު ދުރުން މަރުކަޒަށް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށާއި ހުއްޓުމެއް ނެތި 27 އާއި 50 ގަޑިއިރު އުދުހުމުގެ ގާބިލް އެ އުޅަނދުތަކަށް ލިބިގެންވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލުން: ކަނޑާއި ވައިގެމަގުން މިއަދު ވެސް ބޮޑު ސަރަހައްދެއް ބަލައިފިޚަބަރު | 2 މަސް ކުރިންލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި ދެ މީހުން ގެއްލިއްޖެޚަބަރު | 2 މަސް ކުރިންއޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ރައީސުލްޖުމްހޫރިއްޔާ ކޮމިޝަންކޮށްދެއްވައިފިޚަބަރު | 3 މަސް ކުރިންމެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އާ އިމާރާތް ހުޅުވައިފިޚަބަރު | 3 މަސް ކުރިން