ޕާޓީ ޕޮލިޓިކްސް ކުޅޭ ތަނަކަށް ކައުންސިލް ވެއްޖެނަމަ ކުރިއަކަށް ނުދާނެ: އިޝާން

މާލެ ސިޓީ ކައުންސިލް މެމްބަރު ފާތިމަތު އިޝާން

28 ޑިސެމްބަރު 2024 - 04:36
ސިޔާސީ ޕާޓީތަކުން ޕާޓީ ޕޮލިޓިކްސް ކުޅެން އޮތް ތަނަކަށް މާލޭ ސިޓީ ކައުންސިލް ހަދައިފިނަމަ މާލޭ ސިޓީ ކުރިއަށް ނުދާނެކަމަށް މާލެ ސިޓީ ކައުންސިލް މެމްބަރު ފާތިމަތު އިޝާން ވިދާޅުވެއްޖެއެވެ.
އިޝާން މިފަދައިން ވިދާޅުވީ މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިޝާން ވިދާޅުވީ މާލެ ސިޓީއަކީ އެންމެ މުހިންމު އެއް ސިޓީކަމަށާއި މި ސަރަހައްދުގެ ތަރައްގީއަށް ކުރެވޭ ކޮންމެ ކަމަކީ މުޅި ދިވެހި ރައްޔިތުންނާ ގުޅުން ބޮޑު ކަމެއްކަމަށެވެ.
އެހެންކަމުން ސިޓީ ކައުންސިލްއަށް ވަންނަ ފައިސާއާއި އޭގެން ކުރާ ބޭނުންތަކާއި އެ ތަނުގައި ކަންކަން މެނޭޖުކުރާގޮތުގެ މައުލޫމާތުތައްވެސް ރައްޔިތުންނަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެނގެންޖެހޭކަމަށް ވިދާޅުވިއެވެ.
"ޕާޓީ ޕޮލިޓިކްސް ކުޅޭތަކަނަށް ސިޓީ ކައުންސިލް ވީމަ ކަމަކުނުދާނެ. ސިޓީ ކައުންސިލްގައި ތިބެންޖެހޭނީ ކިޔަވައިގެން ތިބި މީހުން . ވަކި ޕާޓީއެއްގެ ބަޔަކަށް ވަޒީފަ ދޭތަން ފެނޭ ބާރުވެރިކަން ހޯދުމަށް. "
އިޝާން ވިދާޅުވީ ސިޓީ ކައުންސިލަށް ކޮންސަލްޓަންޓުން ނެގި އިރުވެސް ފުރުސަތު ދީފައިވަނީ ވަކި ބަޔަކަށް ކަމަށެވެ. އިޝާން ވަނީ އަދިވެސް ސިޓީ ކައުންސިލްގެ އިދާރާއަކީ ސިޔާސީ ނުފޫޒު ވަދެފައި އޮތް ތަނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އިޝާން މިފަދައިން ވިދާޅުވިއިރު މާލެ ސިޓީގެ މޭޔަރުގެ މަގާމަށް އާދަމް އާޒިމް ވަޑައިގެންނެވި ފަހުން ސިޓީ ކައުންސިލަށް ބޮޑު މުސާރާގައި ކޮންސަލްޓަންޓުން ނެގިކަން އެންމެ ފުރަތަމަ ތިލަވެފައިވަނީ އޮކްޓޯބަރު 13، ގައި އިދިކޮޅު އެމްޑީޕީން ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގެ ތެރެއިންނެވެ. އެ ކޮންފަރެންސްގައި ވާހަކަ ދައްކަމުން އާޒިމް ވިދާޅުވީ މޭޔަރު ކަމަށް ވަޑައިގެންނެވި ފަހުން 15 ކޮންސަލްޓަންޓުން ނެންގެވި ކަމަށެވެ.
އިތުރު ލިޔުންތައް

ޕީއެންސީއަށް 75،000 މެންބަރުން ހަމަވުމަކީ އުންމީދެއް: ރައީސް
7 މަސް ކުރިން
ޑޮލަރުގެ މައްސަލައިގައި، ބަޔަކު ހިތްހަމަ ނުޖެހުނު ނަމަވެސް އިސްކުރާނީ ރައްޔިތުން: ރައީސް
7 މަސް ކުރިން
އެމްޑީޕީން ގައުމު ހަލާކުކޮށްލި ގޮތުގެ ވާހަކަ މުގައްރިރުތަކުގައި ވެސް ލިޔާނެ: ރައީސް
7 މަސް ކުރިން