logo
ކުޅިވަރު

އަހަރުގެ އެންމެ މޮޅުކުޅުންތެރިޔަކަށް ވިނީޝިއުސް ޖޫނިއަރ، މެދުއިރުމަތީގެ އެންމެ މޮޅުކުޅުންތެރިޔަކަށް ރޮނާލްޑޯ

އަބްދުﷲ ޣާނިމް
28 ޑިސެމްބަރު 2024 - 07:04
ރޭގައި އެވޯޑް ލިބުނު ދެކުޅުންތެރިން. ފޮޓޯ: ގްލޯބަލް ސޮކަރ
ރޭގައި އެވޯޑް ލިބުނު ދެކުޅުންތެރިން. ފޮޓޯ: ގްލޯބަލް ސޮކަރ

ދުބާއީ ސްޕޯރޓްސް ކައުންސިލުން ކޮންމެ އަހަރަކު ހޮވާ އަހަރުގެ މޮޅުކުޅުންތެރިޔާގެ މަޤާމު ވިނީޝިއުސް ޖޫނިއަރ އަށް ލިބިއްޖެއެވެ. ދުބާއީގައި ބޭއްވި ގޮލޯބަލް ސޮކަރ އެވޯރޑްސް ގައި މި އެވޯޑްގެ އިތުރުން ފުޓްބޯޅައިގެ ގިނަ އެވޯޑްތަކެއް ދީފައިވެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ އެވޯޑް ހަފްލާގައި ގިނަ އެވޯޑްތަކެއް ހާސިލް ކޮށްފައިވަނީ ރެއާލް މެޑްރިޑުގެ ކުޅުންތެރިންނެވެ. އަހަރުގެ އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑާއި އަހަރުގެ އެންމެ މޮޅު ފޯވާޑް ގެ އެވޯޑް ލިބުނީ ވިނިޝިއުސް އަށެވެ. އަހަރުގެ އެންމެ މޮޅު މިޑްފީލްޑަރު ކަމާއި މަރަޑޯނާ އެވޯރޑްސް ލިބުނީ ޖޫޑް ބެލިންގްހަމް އަށެވެ. ބެސްޓް ރައީސްގެ އެވޯޑް ރެއާލް މެޑްރިޑްގެ ރައީސް ޕެރޭޒް އަށް ލިބުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ރެއާލް މެޑްރިޑުގެ ކޯޗު އެންޗެލޯޓީއެވެ. ފުޓްބޯޅަ ކެރިއަރ އެވޯޑް ލިބުނީ ރެއާލް މެޑްރިޑުގެ ކީޕަރު ކޯޓުވާ އަށެވެ. އަދި އެންމެ މޮޅު ކުލަބަކަށް ހޮވުނީ ރެއާލް މެޑްރިޑެވެ.

 

އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ބާސެލޯނާގެ ލަމީން ޔަމާލް އެވެ. ޕްލޭޔަރ ކެރިއަރ އެވޯޑް ކޯޓުއާ ގެ އިތުރުން ނޭމާ ޖޫނިއާރ އަދި ރިއޯ ފާޑިނަންޑް އަށް ލިބިފައިވެއެވެ. އަދި މެދުއިރުމަތީގެ އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑް ލިބުނީ ރޮނާލް ޑޯއަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއޭއާރު ހެޓްރިކުންވެސް ވިނީ ނުހުއްޓުވޭ، ތިން މެޗުން ތިން މޮޅުކުޅިވަރު | 5 ދުވަސް ކުރިންޗެމްޕިއަންސް ލީގު ގުރުލައިފި: އާނޯލްޑް އެންފީލްޑަށް، ޔަމާލް އާއި ޑެމްބެލޭ ގަދަހިފުމަކަށްކުޅިވަރު | 8 ދުވަސް ކުރިންބްރެޒިލްގެ ސްކޮޑް އިޢުލާން ކޮށްފި، ނޭމާ އާއި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަކަށް ޖާގައެއް ނެތްކުޅިވަރު | 10 ދުވަސް ކުރިންރެއާލްގެ އެނބުރިއައުން މާބޮޑު ތަފާތެއް ނުފެނޭ، ޕެނަލްޓީއަކުން ތިން ޕޮއިންޓްކުޅިވަރު | 16 ދުވަސް ކުރިން