logoEN
ކުޅިވަރު

އާނޯލްޑް ބޭނުންވަނީ 2025 ގައި ރެއާލް މެޑްރިޑަށް ސޮއިކުރަން

އާނޯލްޑުގެ ކޮންޓްރެކްޓް އަންނަ ޖޫން އަށް ހަމަވާނެ. ފޮޓޯ: ލިވަރޕޫލް

އާނޯލްޑުގެ ކޮންޓްރެކްޓް އަންނަ ޖޫން އަށް ހަމަވާނެ. ފޮޓޯ: ލިވަރޕޫލް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

28 ޑިސެމްބަރު 2024 - 07:24

ލިވަރޕޫލުގެ ޑިފެންޑަރ އާނޯލްޑް އަންނަ އަހަރުގެ މެދުތެރޭގައި ރެއާލް މެޑްރިޑާއި ގުޅޭނެކަމަށް ރިޕޯޓްތައް ބުނަންފަށައިފިއެވެ.

ލިވަރޕޫލުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ އެލެކްސެންޑަރ އާނޯލްޑް ލިވަރޕޫލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަދު އަންނަ އަހަރުގެ ޖޫންމަހުގައި ހަމަވާނެއެވެ.

ލިވަރޕޫލުން އާނޯލްޑް އަށް ކޮންޓްރެކްޓް އައުކުރަން ހުށަހަޅާފައިވީނަމަވެސް، އާނޯލްޑް އެކަމަށް އާނ ބަސް ބުނެފައެއްނުވެއެވެ. އެހެންކަމުން އަންނަ ޖޫން މަހާއި ހަމައަށް ކޮންޓްރެކްޓް އައު ނުކޮށްފިނަމަ، ހިލޭ އެހެންކުލަބަކަށް އޭނާ ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.

ރިޕޯޓްތައް ބުނާގޮތުން އާނޯލްޑް ރެއާލް މެޑްރިޑާއި ގުޅުން ގާތީ ރެއާލް މެޑްރިޑުގެ ޖޫޑް ބެލިންގްހަމް އާއި ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުންނެވެ. އިންގްލަންޑް ގެ މިދެކުޅުންތެރިންނަކީ ބޭރުތެރެއިންވެސް ގިނައިން އެކީގައި އުޅޭ، އެކަކު އަނެކަކާމެދުގައި އަބަދުވެސް ތަޢުރީފު ކުރާ ދެކުޅުންތެރިންނެވެ.

ނަމަވެސް މިއަހަރުގައި ލިވަރޕޫލުން ދައްކާ މޮޅު ކުޅުމާއި ގުޅިގެން އާނޯލްޑުގެ އެވިސްނުން ބަދަލުވުމަކީ އެކަށީގެންވާކަމެއް ކަމުގައި ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.

ކޮމެންޓް

871x217_placeholder