logo
Bank of Maldives

Bank of Maldives

ޚަބަރު

އާޓިފިޝަލް ބީޗް ސަރަހައްދުގެ ސްޓޯރމް ވޯޓަރ ނެޓްވޯކް އަޕްގްރޭޑްކޮށް ނިމިއްޖެ

އާމިނަތު ޝަފާ
29 ޑިސެމްބަރު 2024 - 04:10
އާޓިފިޝަލް ބީޗް ސަރަހައްދުގެ ސްޓޯރމް ވޯޓަރ ނެޓްވޯކް އަޕްގްރޭޑްކޮށްވަނީ ނިންމާލާފައި
އާޓިފިޝަލް ބީޗް ސަރަހައްދުގެ ސްޓޯރމް ވޯޓަރ ނެޓްވޯކް އަޕްގްރޭޑްކޮށްވަނީ ނިންމާލާފައި

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ވަގުތީ ޙައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އާޓިފިޝަލް ބީޗް ސަރަހައްދުގެ ސްޓޯރމް ވޯޓަރ ނެޓްވޯކް އަޕްގްރޭޑްކޮށް ނިމިފައިވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ން ބުނެފިއެވެ.

އާރްޑީސީން ބުނީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ވަގުތީ ޙައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން، މަޖީދީމަގާއި ބޮޑުތަކުރުފާނު މަގު އިރުމަތީ ކޮޅު، އާޓިފިޝަލް ބީޗް ސަރަހައްދުގެ ސްޓޯރމް ވޯޓަރ ނެޓްވޯކް އަޕްގްރޭޑްކޮށް ކަނެކްޝަންތަކުގެ މަސައްކަތް މިހާރުވަނީ ނިމިފައިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޖީދީ މަގުގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތައް މަރާމާތުކުރަން ފަށައިފައިވަނީ މި މަހުގެ ތެރޭގައެވެ.

އޭރު ސިޓީ ކައުންސިލުން ބުނީ މާލެސިޓީގެ މަގުތަކުގައި ހަލާކުވެފައިވާ ސަރަހައްދުތައް ދެނެގަތުމަށް ކައުންސިލުން ކުރި ސާރވޭން ފާހަގަކުރެވުނު ސަރަހައްދުތައް ހެދުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން މަޖީދީ މަގުގެ މަސައްކަތް ފަށައިފައިވާކަމަށެވެ.

މަޖީދީ މަގުގައި ހަލާކުވެފައިވާ ސަރަހައްދުތައް ހެދުމުގެ މަސައްކަތް ފެށިއިރު ކައުންސިލުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ވާރޭވެހި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދު ތަކުގެ މަރާމާތަށެވެ. އެގޮތުން މަޖީދީމަގާއި ރަށްދެބައި މަގު ގުޅޭ ސަރަހައްދުގެ މަސައްކަތް ރޭ ވަނީ ފަށާފައެވެ. މާލޭގެ އެންމެ ކާރުބާރު ބޮޑު އެންމެ ގިނަ މީހުން ބޭނުންކުރާ މަޖީދީ މަގުގެ މަސައްކަތް ނިމޭއިރު ދުވާރު މައްޗާއި މަގުގައި ހެދިފައިހުރި ވަޅުގަނޑުތައް މަރަމާތުކުރުމުގެ އިތުރުން ކާނުތައް ސާފުކުރުމަށްވަނީ ނިންމާފައިވާކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ.

ބޮޑެތި މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ސުކޫލު ބަންދާއި ދިމާކޮށް ފަށައިގެން ކުރިޔަށް ގެންދާއިރު މި މަސައްކަތް ނިމޭއިރު މަޖީދީމަގުގެ މި ސަރަހައްދުގައި ފެން ބޮޑުވުމުގެ ސަބަބުން، ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ކުރިމަތިވާ އުނދަގޫތަކާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް ސަރުކާރާއި ކައުންސިލުން ދެކެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާށިދޫ ރީހެބް ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންމާލެ އާއި ވިލިމާލޭގައި އާއްމުކޮށް ފެންނާނެ ގޮތަށް ގޭގެ ނަންބޯޑު ހަރުކުރަން އަންގައިފިޚަބަރު | 8 ދުވަސް ކުރިންމަގު ހަދަން އެމްއެމްއޭ ކައިރިން މަގާއި ފަޅު މިއަދުން ފެށިގެން ބަންދުކުރަނީ ޚަބަރު | 2 މަސް ކުރިން 25 އަހަރުގެ ތަޖުރިބާއާއެކު ވަޑައިގެންނެވި މޭޔަރަށް އޮޑިޓްކުރަންޖެހޭކަންވެސް ނޭނގެނީތޯ؟ރިޕޯޓް | 3 މަސް ކުރިން