logo
Bank of Maldives

Bank of Maldives

ޚަބަރު

ވަގަށް ގެއަކަށް ވަދެ، ވަޅިން ބިރު ދައްކައި ވައްކަންކުރި ދެ މީހަކު ހައްޔަރަށް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
5 ސެޕްޓެމްބަރު 2024 - 14:24
ފުލުހުން ހައްޔަރުކުރި ދެ މީހުން-- ފޮޓޯ/ ފުލުހުން
ފުލުހުން ހައްޔަރުކުރި ދެ މީހުން-- ފޮޓޯ/ ފުލުހުން

ފާޚަނާގެ ފެން ލައިޓުން ކޮޓަރިއަށް ވަދެ، ނިދާފައި ތިބި މީހުންނަށް ވަޅިން ބިރު ދައްކައި ވައްކަން ކުރި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، މާފަންނު ގެއެއްގެ ފާޚަނައެއްގެ ފެން ލައިޓްއިން ކޮޓަރިއަކަށް ވަދެ، އެ ކޮޓަރީގައި ނިދާފައި ދެ މީހެއްގެ ކަރުގައި ވަޅި ޖައްސައި ބިރު ދެއްކުމަށްފަހު ވައްކަން ކުރި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެނެސްފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އިއްޔެ ރިޕޯޓުކުރި މި މައްސަލައިގައި ފުލުހުންަގެ ބެލުމުގެ ދަށަށް ގެނައީ، އުމުރުން 32 އަހަރުގެ ހުސައިން ޝާފިއު (ވިދުވަރު، ބ. ދަރަވަންދޫ) އަދި އުމުރުން 30 އަހަރުގެ އިސްމައީލް ވިޝާލް (މ. ދާރުލްގަރާރު، މާލެ ސިޓީ)އެވެ. އެ ދެ މީހުން ވަނީ އެ ގެއަށް ވަދެ، ދެ މީހަކަށް ވަޅިން ބިރުދައްކައި އަދި ހަރަކާތެއް ކޮށްފިނަމަ މަރާލާނެ ކަމަށް ބުނެ އިންޒާރުވެސް ދީފައެވެ. އަދި އެކަމުގެ ތެރެއިން އެ މީހުން ބިރުދެއްކި ދެ މީހުންގެ ފޯނާއި، ލެޕްޓޮޕުގެ އިތުރުން، އިތުރުތަކެތި ވެސް ފޭރިގަނެފައެވެ.

އެ މީހުން އެ އެއްޗެހި ފޭރުމަށްފަހު ފިލައިގެން ގޮސްފައިވަނީ ފާޚަނާއަށް ވަދެ، އެތެރެއިން ތަޅުލައި ފެން ލައިޓުން ނުކުމެގެން ކަމުގައި ވެސް ފުލުހުން ބުންޏެވެ.

އެހެން ނަމަވެސް އެ ދެ މީހުން ވަގަށް ނެގި ތަކެތި ފުލުހުން މިއަދު ވަނީ ހޯދާފައެވެ. އޭގެ އިތުރުން ވެސް، އެ ދެ މީހުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އިތުރު ތަކެތި ވެސް އެ މީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޢާސިފްގެ އާއިލާއާއި ސީޕީ ބައްދަލުކުރައްވައި ރައީސްގެ ތައުޒިއާގެ މެސެޖް ރައްދުކޮށްދެއްވައިފިޚަބަރު | ދުވަހެއް ކުރިންމޫދު އަޑިން ފުލުސް މީހާ ނެގި ޑައިވަރުންނަށް ޝުކުރު އަދާކުރައްވައިފިޚަބަރު | 3 ދުވަސް ކުރިންޢާސިފްގެ ޖަނާޒާ ފުލުހުންގެ ރަސްމީ އިއްޒަތުގައި ބާއްވައިފިޚަބަރު | 3 ދުވަސް ކުރިންދުވަހު ކުއްޔަށް ކޮޓަރިއާއި ތެއްލިކެޔޮ ވިއްކާ ކަމަށް ބުނާ ސްކޭމަރެއް ހޯދަނީ!ޚަބަރު | 3 ދުވަސް ކުރިން