logo
Bank of Maldives

Bank of Maldives

ޚަބަރު

މިފަހަރު އުމްރާއަށް މީހުން ގެންދިޔައީ 33 ކުންފުނިން: ވަޒީރު

އާމިނަތު ޝަފާ
30 ޑިސެމްބަރު 2024 - 05:27
އުމްރާއަށް ދިޔަ ދިވެހިންތަކެއް
އުމްރާއަށް ދިޔަ ދިވެހިންތަކެއް

މިފަހަރު އުމްރާއަށް މީހުން ގެންދިޔައީ 33 ކުންފުނިންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ ޑިސެމްބަރު މަހު 6،373 މީހުން އުމްރާއަށް ގޮސްފައިވާ ކަމަށް އިއްޔެ ވަޒީރު، ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ މިއަހަރު އުމްރާގެ އަޅުކަން އަދާކުރުމަށް އެކި ކުންފުނިތަކުގެ ހަވާލުގައި މައްކާއަށް 6،373 މީހަކު ގޮސްފައިވާ ކަމަށާއި، އެ ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އުމްރާގެ އަޅުކަން އަދާކުރުމަށް އެކި ކުންފުނިތަކުގެ ހަވާލުގައި މީހުން ދިޔައިރު އުމްރާއަށް މީހުން ގެންދިއުމަށް މިވަގުތުވެސް 50 އަށްވުރެ ގިނަ ކުންފުންޏަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހުއްދަ ދޫކޮށްފައެވެ. އުމްރާއަށް މީހުން ގެންދިޔުމުގައި އެކި ފަރާތްތަކުން މަކަރާއި ހީލަތްހަދާ މައްސަލަތައް މީގެކުރިން ފެންމަތިވެފައިވާތީ އެކަން ހުއްޓުވުމަށް ސަރުކާރުންވަނީ އުސޫލުވެސް ބަދަލުކޮށްފައެވެ.

އުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލްގައިވާގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުއްދަދީފައިވާ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ވެއްޖެނަމަ ކުޑަ ބޮޑުމިނަށް ބެލުމަށްފަހު 1،000 ރުފިޔާއާއި 1،00،000 އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ލިބެއެވެ. އަދި އުމްރާއަށް ގެންދިޔުމުގެ ހުއްދަ ނެތި އެއްވެސް އަމަލެއް ކޮށްފިނަމަ އެ ކުންފުންޏެއް 1،00،000 އާއި 5،00،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.މީގެ އިތުރުން ހުއްދަ ބާތިލުކުރުމާއި ހިފެހެއްޓުމުގެ އިތުރަށް މައްސަލައިގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު އެ މައްސަލައަކީ ޖިނާއީ މައްސަލައެއް ނަމަ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ފޮނުވުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވާ، މަދަނީ މައްސަލައެއް ނަމަ އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމަށް އުސޫލުގައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރާ ފާފަ ބޮޑު، އަދި ހެޔޮ ޢަމަލުތަކުގެ ޘަވާބު އިތުރުޚަބަރު | 16 ދުވަސް ކުރިންއަންނަ ހަފްތާގައި މައްކާ ރޫޓް އިނީޝިއޭޓިވްގެ ޓީމް ރާއްޖެއަށްޚަބަރު | 17 ދުވަސް ކުރިންހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫއުއަށް ފައިނޭންސް ކުރުމަށް ސައުދީ ކުންފުންޏަކާ އެކު އެއްބަސްވުމެއްޚަބަރު | 25 ދުވަސް ކުރިންމަޒުހަބީ ތަޢައްޞުބްގެ ތެރެއަށް ރާއްޖޭގެ މުޖުތަމަޢު ވެއްޓިގެން ދިޔުމުގެ ފުރުޞަތު ނުދީ: ޑރ. ޝަހީމްޚަބަރު | މަހެއް ކުރިން