logo
E-Platinum
ޚަބަރު

އެމް.ޑަބްލިޔު.އެސް.ސީ އިން އޮންލައިން ހިދުމަތްތަކެއް ތަޢާރަފުކޮށްފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
30 ޑިސެމްބަރު 2024 - 06:49
އެމް.ޑަބްލިޔު.އެސް.ސީ އިން، އޮންލައިން ޚިދުމަތްތައް ވަނީ ތަޢާރަފުކޮށްފައި
އެމް.ޑަބްލިޔު.އެސް.ސީ އިން، އޮންލައިން ޚިދުމަތްތައް ވަނީ ތަޢާރަފުކޮށްފައި

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން، އޮންލައިން ޚިދުމަތްތައް ތަޢާރަފުކޮށްފިއެވެ.

މިއަދު އެމް.ޑަބްލިޔު.އެސް.ސީގައި ބޭއްވި ރަސްމިއްޔާތެއްގައި އޮންލައިން ޚިދުމަތް ތަޢާރަފު ކޮށްދެއްވީ އެމް.ޑަބްލިޔު.އެސް.ސީގެ ޗެއަރޕާރސަން އަލްފާޞިލާ ޝަމްޙޫޒާ އަޙުމަދު އާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދުއެވެ.

މީގެއިތުރުން، ޑެޕިޔުޓީ މިނިސްޓަރ ފޮރ ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ، އަލްފާޞިލް އަޝްރަފް ނުޢުމާން އާއި ޙަސަން ޚަލީލު، އަދި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމަންޓް ޓީމުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ.

ކުންފުނީގެ އޮންލައިން ޚިދުމަތްތަކަށް ގެނެވުނު މިބަދަލުތަކުގެ ތެރޭގައި، ދައުލަތުގެ އެކި އޮފީސްތަކުގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ބޭނުންކުރާ އީ-ފާސް ނިޒާމު ބޭނުންކޮށްގެން އެމް.ޑަބްލިޔު.އެސް.ސީގެ ޚިދުމަތަތައް އެދި ހުށައެޅުމާއި، އޮންލައިންކޮށް އެޕްލިކޭޝަން ފުރުމަށްފަހު ހުށައެޅުމާއި، ހުށައަޅާ އެޕްލިކޭޝަންތަކުގެ ކުރިޔަށްދާ އެކި މަރުޙަލާތައް ފަސޭހަކަމާއެކު ބަލާލެވުމާއި، އެޕްލިކޭޝަންތަކުގެ މަރުޙަލާތައް ބަދަލުވަމުންދާ ސްޓޭޓަސް އެސް.އެމް.އެސް މެދުވެރިކޮށް ކަސްޓަމަރަށް ފޮނުވުން ހިމެނެއެވެ.

އަދި އޮންލައިން ޚިދުމަތް ބޭނުން ހިފައިގެން ކަސްޓަމަރުން ހުޅުވާފައިވާ ހުރިހާ އެކައުންޓެއްގެ މަޢުލޫމާތު އެއް ތަނަކުން ބަލައިލެވުމާއި، ،އެއް އެކައުންޓެއް މެދުވެރިކޮށް އެއް ބިލަށްވުރެ ގިނަ ބިލްތަކަށް އެއްފަހަރާ ފައިސާ ދައްކައި، އަދި އެކި އެކައުންޓުތަކުގެ ބިލުތަކަށް އެއްފަހާރާ ފައިސާދެއްކޭނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް،ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، އެމް.ޑަބްލިޔު.އެސް.ސީގެ ޚިދުމަތްތައް ކަސްޓަމަރުންނާއި ހަމައަށް އޮންލައިންކޮށް ފޯރުކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ، ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ވީހާވެސް ލުއިފަސޭހަ ކަމާއިއެކު ޚިދުމަތްތައް ލިބޭނޭ އިންތިޒާމްތައް ހަމަޖައްސައި ދިނުމެވެ. ވުމާއެކު، މި ބަދަލުތަކާއި އެކު އީ-ޕޯޓަލް ބޭނުންކުރުމުގައި ކަސްޓަމަރުނަނަށް އިތުރަށް ފަސޭހަވެގެން ދާނެއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުވާލަކު 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް އެމްޑަބްލިޔުއެސްސީ އިން ބަހައްޓައިފިޚަބަރު | މަހެއް ކުރިންގދ. ދެރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފިޚަބަރު | މަހެއް ކުރިންނިލަންދޫ ނަރުދަމާ ނިޒާމުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މޭ މަހު ފެށޭނެ: މަތީންޚަބަރު | 4 މަސް ކުރިން20 ރަށެއްގެ ފެނާއި ނަރުދަމާ ނިމިއްޖެ، މަޝްރޫޢުތަކަށް 1.34 ބިލިއަން ރުފިޔާ ޚަބަރު | 7 މަސް ކުރިން