logoEN
ޚަބަރު

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް

30 ޑިސެމްބަރު 2024 - 09:18

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށް، ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފަށާނެކަން އިޢުލާންކޮށްފިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ މިނިސްޓަރ އޮފް ކޮމާސް ވަންގ ވެންޓާއޯ އަދި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވި ހާއްސަ އޮންލައިން ރަސްމިއްޔާތެއްގައެވެ.

ޗައިނާގެ ކޮމާސް މިނިސްޓަރ އަދި އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވީ އޮންލައިންކޮށެވެ.

2014 ވަނަ އަހަރު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއި ކޮށްފައިވެއެވެ. އަދި އެ އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވާއިރު، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ވަނީ ފަށްޓަވާފައެވެ.

އެގޮތުން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އެއްބަސްވުމަށް އަމަލުކުރަން ފަށްޓްވާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައިވެއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވީ ޗައިނާއާއި ރައްޖެއާދެމެދު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ކުދި ވިޔަފާރިތަކާއި ކްރިއޭޓިވް ނުވަތަ އެނޫންވެސް އުފެއްދުންތެރި މަސައްކަތް ކުރާ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށެވެ.

މި އެއްބަސްވުމާއިގުޅޭގޮތުން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ މިއީ ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، އެޤައުމުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދިވެހި ވިޔަފާރިވެރިންނަށް ފަހިވެގެންދާނެއެވެ. އަދި ކުރިމަގުގައި ވިޔަފާރީގެ ގިނަ ފުރުސަތުތެއް ދިވަހިންނަށް ލިބިގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.

ޗައިނާ ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ފަންނީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް މިސާލަކަށް ލޯޗަރުން، އާކިޓެކްޓުން، ސިއްހީ ޚިދުމަތްތެރިން އަދި މިނޫންވެސް ގިނަ ދާއިރާތަކުގައި މަސައްކަތްކުރާ ދިވެހިންނަށް ޗައިނާގެ މާކެޓަށް ޚިދުމަތް ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ އުފެއްދުންތައް ޗައިނާ މާކެޓްއަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބި ވަޒީފާގެ އިތުރު ފުރުސަތުތައް އިތުރުވެ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ކުރިއަރައިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުން އިޢުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާގެ ކޮމާސް މިނިސްޓަރ ވަންގ ވެންޓާއޯ ވިދާޅުވީ މި އެއްބަސްވުމާއި އެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.އަދި މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަކައި ދެޤައުމުންވެސް ގިނަ ކަންތައްތަކެއް ފުރިހަމަކޮށްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި މިހާރުވެސް ދިވެހި ރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ދަނީ ކުރެވެމުންނެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމާއެކު މި އަދަދު 1 ބިލިޔަން ޑޮލަރަށް އަރާނެ ސަރުކާރުން ލަފާކުރައްވައެވެ.

ކޮމެންޓް

871x217_placeholder