logo
Bank of Maldives

Bank of Maldives

ޚަބަރު

ޗައިނާ ސަފީރު ، ނައިބް ރައީސްއާއި ބައްދަލުކުރަވައިފި

ޝަހްޒާ މުހައްމަދު
19 ޖޫން 2025 - 06:51
ޗައިނާ ސަފީރު ، ނައިބް ރައީސްއާއި ބައްދަލުކުރަވައިފި

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ކޮންގް ޝިންހުއާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ބަދަހި ސިޔާސީ ގުޅުމަކީ، ގާތް ރަހުމަތްތެރިކަމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމާއި، ތަރައްޤީގެ ދާއިރާއިން ބަދަހިވެފައިވާ ގުޅުންތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެފަރާތުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގޮތުން ގުޅުން ޤާއިމުކުރީ 1972 ވަނަ އަހަރުގެ އޮކްޓޫބާރު މަހުގެ 14 ވަނަ ދުވަހުއެވެ. މި ދުވަހުން ފެށިގެން ޗައިނާއިން ވަނީ ރާއްޖޭގެ މުހިންމު ޢުމްރާނީ ތަރީއްޤީގެ ގިނަ މަޝްރޫޢުތަކަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ގޮތުން ރާއްޖޭގައި ކުރިއަށްގެންދިޔަ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ ސިނަމާލެ ބުރިޖު އަޅާފައިވަނީ ޗައިނާގެ އެހީތެރިކަމާއެކުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނައިބު ރައީސް މާލެ ވަޑައިގެންފިޚަބަރު | 2 ދުވަސް ކުރިންބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް އަށް ނައިބު ރައީސް ޖަރުމަނަށް ފުރާވަޑައިގެންފިޚަބަރު | 8 ދުވަސް ކުރިންޗައިނާގެ އެކި ސިޓީތަކުގައި ދިވެހީންނަށް ވިޔަފާރިކުރުމުގެ ފުރުސަތު ވަނީ ހުޅުވިފަ: މިނިސްޓަރ ސައީދުޚަބަރު | 2 މަސް ކުރިންވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފިޚަބަރު | 4 މަސް ކުރިން