logo
ޚަބަރު

ރައީސް މުޢިއްޒުގެ ސަރުކާރު ވައްޓާލުމަށް އިންޑިޔާއިން ފަންޑުކުރާ ބަޢާވަތެއް ހިންގަން އުޅޭ ކަމުގެ އަޑުތަކެއް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
30 ޑިސެމްބަރު 2024 - 13:01
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވައްޓާލުމަށް އިންޑިޔާ އިސްވެ އޮވެ ފަންޑުކުރާ ބަޢާވަތެއް ހިންގަން އުޅޭ ކަމުގެ ޚަބަރުތަކެއް، ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އެމެރިކާގެ މަޝްހޫރު ޚަބަރެއް ކަމުގައިވާ "ވޮޝިންގްޓަން ޕޯސްޓް" އިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނީ، ރައީސް މުޢިއްޒުގެ ވެރިކަމާއެކީ ރާއްޖޭގެ އަވައްޓެރި އިންޑިޔާ އާ އޮންނަ ގުޅުން ފަނޑުވެ، ޗައިނާ އާ އެކު އޮންނަ ގުޅުން ވަރުގަދަވުމުގެ ސަބަބުން، އިންޑިޔާގެ ރޯ އެޖެންޓުން (ރިސާޗް އެންޑް އެނަލިސިސް ވިންގް) އާއި ރާއްޖޭގެ އިދިކޮޅު އަދި އެއްކޮޅު ސިޔާސީ ފަރާތްތަކާ ގުޅިގެން ރައީސް މުޢިއްޒު ވެރިކަމުން ދުރުކުރުމަށް ޕްލޭނެއް އެކަށައެޅި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ސަރުކާރުގެ ތެރެއިން ރައީސް މުޢިއްޒު ވެރިކަމުން ދުރުކުރުމަށް، އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީކަމުގައިވާ ޕީއެންސީގެ މެންބަރުން ވެސް ހިމެނޭ ގޮތުން، 40 އެއްހާ މެންބަރުން ގުޅިގެން ރައީސް މަގާމުން ދުރުކުރުމަށް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ވެސް ނެގުމަށް މަޖިލިސް ތެރެއިން ތައްޔާރުވަމުންދާ ކަމުގައި އެ ރިޕޯޓުގައި ވެއެވެ. އެގޮތުން އެފަދައިން ނިންމާފައިވާ ކަމުގައިވަނީ، ސަރުކާރުގެ އެތެރެއިން ގެންގުޅޭ "އިންޓާނަލް ކަރުދާހެއް"ގައެވެ.

undefined

ރައީސް މުޢިއްޒުގެ ވެރިކަމަށް އަހަރެއް ފުރުމާ ގުޅިގެން ބޭއްވި ޚާއްސަ ޖަލްސާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އެ ކަރުދާހުގައިވާ ގޮތުގައި ކަމަށް އެ ރިޕޯޓުގައި ވާ ގޮތުން، މަޖިލީހުގެ ތެރެއިން ނެގޭ ވޯޓުގެ އިތުރަށް ރައީސް މުޢިއްޒު ވެރިކަމުން ދުރުކުރުން ކަށަވަރުކުރުމަށް އިންޑިޔާގެ 10 ސީނިއާ ސިފައިންގެ މީހުންނާއި، ފުލުހުންގެ އިތުރުން، ރާއްޖޭގައި ހަރަކާތްތެރިވާ ތިން ބޮޑު ގޭންގަކަށް ފައިސާ ދިނުމަށް ވެސް ވަނީ ހިމަނާައެވެ.

އެގޮތުން އެ ފަރާތްތަކަށް ފައިސާ ދިނުމަށް، 87 މިލިއަން ދިވެހި ރުފިޔާ ނުވަތަ ހަ މިލިއަން ޑޮލަރު، އިންޑިޔާގެ އެހީގައި ހޯދުމަށް ނިންމާފައިވާ ކަމުގައި އެ ރިޕޯޓުގައިވެއެވެ.

އަދި ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަޖިލީހުގެ ތެރެއިން ދެކެވުނު ވާހަކަތަކާއި، އިންޑިޔާއިން ހޯދަން އުޅުނު ފައިސާ ވެސް ހަމަޖެހިފައިނުވާ ނުވުމުގެ ސަބަބުން، އެ ޕްލޭން މިވަގުތަށް ފެއިލް ވެފައިވާ ކަމުގައި ވެސް އެ ރިޕޯޓުގައިވެއެވެ.

އެހެން ނަމަވެސް އެ ރިޕޯޓުގައިވާ ގޮތުގައި، އެ ރޭވުންތަކުގައި އިންޑިއާގެ ފަރާތުން އިސްކޮށް މަސައްކަތް ކުރީ، ޝިރީޝް ތޮރާތު ނަމަކަށް ކިޔާ ކުރީގެ ފުލުހަކާއި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ކުރީގެ ތަރުޖަމާނެއް ކަމަށްވާ ސަވިއޯ ރޮޑްރީގްސްއެވެ. އެ މީހުންގެ ތެރެއިން ތޮރާތަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރި މީހެއް ކަމުގައި ވެސް އެ ރިޕޯޓުގައިވެއެވެ.

IMG_4041.jpeg

ރައީސް ސޯލިޙް އަދި ރައީސް ނަޝީދު -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުޢިއްޒުގެ ވެރިކަން ވައްތާޅުވުމަށް ބަޢާވާތެއް ރޭވިކަން އެ ރިޕޯޓަށް ތޮރާތު ކަށަވަރުކޮށްދިން ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން، މިހާރުގެ އިދިކޮޅު އެމްޑީޕީގެ ވެރިކަން ދަމަހައްޓަން ވެސް އިންޑިޔާއިން ގިނަ މަސައްކަތްތަކެއް ކުރިކަމުގައި ވެސް އެ ރިޕޯޓުގައިވެއެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދާއި، އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްއާ ދެމެދު އޮތް ނުތަނަވަސްކަން ފިލުވުމަށް އެ ދެބޭފުޅުންނާއެކު ކުރުނބާ ރިސޯޓުގައި މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ކަމުގައި ވެސް އެ ރިޕޯޓުގައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ރައީސް ނިންމަވައިފިޚަބަރު | 2 ދުވަސް ކުރިންއަންހެނުންގެ ކޮމެޓީތަކުގެ ބަޖެޓު ދެގުނަ ބޮޑުކުރުމަށް ރައީސް ނިންމަވައިފިޚަބަރު | 2 ދުވަސް ކުރިންރައްޔިތުންގެ ނޭވާހޮޅިން ވައްކަންކުރި މީހުން ޤައުމު ހަލަބޮލި ކުރުމަށްރިޕޯޓް | 2 ދުވަސް ކުރިން''ޑޯންޓް މިސްލީޑް!''، ކްރެޑިޓްކާޑާއި ގުޅުވައި ފަތުރަނީ ބުހުތާން ދޮގެއް: މެމްބަރު އިބްރާހީމް މުހައްމަދުޚަބަރު | 3 ދުވަސް ކުރިން