ބޮޑުތިލަދުންމަތީގައި ބާއްވާ އެންމެއަގު ބޮޑު މުބާރާތް ބިއުޓިފުލް ބްލޫ މައިކަޕްގެ ފައިނަލުކުޅެން ތައްޔާރުވެއްޖެ

މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މާދަމާ ރޭގަނޑު

31 ޑިސެމްބަރު 2024 - 03:28
ހއ އަތޮޅުން ފެށިގެން ޅ އަތޮޅުގެ ރަށްތަކުގެ ސަރުކާރު މުއައްސަސާތަކާއި، އެންޖީއޯތަކާއި، ކުންފުނިތަކާއި، ރިސޯޓްތަކުގެ އިތުރުން އިހަވަންދޫގެ ޒުވާނުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުމެޗު ކުޅެން ތައްޔާރުވެއްޖެއެވެ. މި މުބާރާތުގެ ފައިނަލު މެޗުކުޅެން ހަމަޖެހިފައިވަނީ ޖަނަވަރީ 1 ވަނަ ދުވަހުގެ ރޭގަނޑުގައި ޣާޒީ ފުޓްބޯޅަ ގުރައުންޑުގައެވެ.
ހއ. އިހަވަންދުއަށް ނިސްބަތްވާ ކުލަބު ޕޯލްސްޓާއިން އިންތިޒާމުކޮށްގެން ބޮޑުތިލަދުންމަތީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "މައި ކަޕް 2024" ގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ކުޅިމަގާއި އެމްވީކޭއެވެ.
މުބާރާތުގެ ފައިނަލުގެ ޖާގަ ހއ. ދިއްދުއަށް ނިސްބަތްވާ ހީވެސްނުވޭ ބަލިކޮށް ކުޅިމަގުން ހޯދީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މުބާރާރުގެ ފައިނަލުގެ ޖާގަ އެންވީކޭ ހޯދީ ސެމީގައި ހޯރަ ޔުނައިޓެޑާއި ވާދަކޮށް، 2-0 އިން އެންވީކޭ ކުރީގައިވަނިކޮށް މެޗުގެ ދެވަނަ ހާފުގައި ހޯރަ ޔުނައިޓެޑުން މާރާމާރީ ހިންގުމާއި ގުޅިގެން މެޗު ހުއްޓާލުމަށްފަހު އެންވީކޭ މެޗުން މޮޅުވިކަން އިންތިޒާމްކުރާ ފަރާތުން އިޢުލާން ކުރުމާއިގުޅިގެންނެވެ.
މައި ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ފިޔަވަހި މި އަހަރު ކުރިއަށްދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އިހަވަންދޫ ޓީމްތައް ހިމެނުނީ ގްރޫޕް އޭގައެވެ. އަދި ރަށުން ބޭރު ޓީމުތައް ހިމެނީ ގްރޫޕް ބީގައެވެ. މުބާރާތުގައި ޖުމްލަ ނުވަ ޓީމު ވަނީ ވާދަކޮށްފައެވެ.
2007 ވަނަ އަހަރުން ފެށިގެން މިހާތަނަށް މައި ކަޕުގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މި ސަރަހައްދުގައި ބާއްވަމުން އަންނަ އެންމެ ވަރުގަދަ އެއް މުބާރާތެވެ. މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
އިތުރު ލިޔުންތައް

މަގޫދޫ ކައުންސިލް ގެ ފުޓްސަލް މުބާރާތާއި ހޭންޑްބޯލް މުބާރާތް ފަށައިފި.
6 މަސް ކުރިން
ތޮއްޑޫ ކައުންސިލްގެ 2 ވަނަ ފުޓްސަލް މުބާރާތް ފަށަން ތައްޔާރުވެއްޖެ.
5 މަސް ކުރިން.png&w=3840&q=75)
މަގޫދޫ ކައުންސިލް ގެ ފުޓްސަލް މުބާރާތާއި ސެމީފައިނަލް މިއަދު
5 މަސް ކުރިން