logoEN
ޚަބަރު

ކުޑަކުއްޖަކާ ބެހުނު މީހަކު އުމުރަށް ޖަލަށް

މުހައްމަދު މޫސާމުހައްމަދު މޫސާ

31 ޑިސެމްބަރު 2024 - 04:42

ކުޑަކުއްޖަކާ ބެހުނު މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އިތުބާރު ހުރި މަގާމެއްގައި ހުރެ މި ކުށްކުރިކަމަށް ދައުވާ އުފުލާފައި ވަނީ ނަސްރުﷲ ފާއިޒު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު، އެ ދައުވާތަކަކީ، ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށުގެ ދައުވާ އަދި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލިކަން ސާބިތުވެ 10 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކޮށްފައިވެއެވެ. އަދި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގިކަން ސާބިތުވާތީ އޭނާ 15 އަހަރަށް ޖަލަށްލުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެހެންނަމަވެސް އޭނާގެ މައްޗަށް ކުރެވޭ އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ސާބިތުވެފައެއް ނުވެއެވެ. އެގޮތުން އެ ދައުވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުގައި ހުކުމުގައިވެއެވެ.

މިއީ ކުޑަކުއްޖަކާ ގުޅުން ހުރި މައްސަލައަކަށް ވުމުން މި މައްސަލައިގެ އިތުރު ތަފުސީލެއް ކްރިމިނަލް ކޯޓަކުން ހާމައެއް ނުކުރެއެވެ.

ކޮމެންޓް

871x217_placeholder