logo
Bank of Maldives

Bank of Maldives

ޚަބަރު

ހަންގޭރީގައި މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

އާމިނަތު ޝަފާ
31 ޑިސެމްބަރު 2024 - 10:13
މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން
މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން

ހަންގޭރީގައި ކިޔެވުމަށް 25 ސްކޮލަރޝިޕަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ ހަންގޭރީކަމް ސްކޮލަރޝިޕްގެ ދަށުން ދެނީ، ބެޗްލަރސް ޑިގްރީގެ 8 ފުރުޞަތާއި މާސްޓަރސް ޑިގްރީގެ 14 ފުރުޞަތާއި ޕީއެޗްޑީ ނުވަތަ ޑީއެލްއޭގެ 3 ފުރުޞަތެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސްކޮލަރޝިޕަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވާނީ އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ 14:00 އަށެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ކޮންމެ ކެންޑިޑޭޓަކު ވެސް ހުށަހަޅާނީ ފުލްޓައިމް އެންމެ ޕްރޮގްރާމަކަށް ކަމަށާއި ފައިނަލް ސިލެކްޝަން ހެދުމަށް ކެނޑިޑޭޓުން އެ މިނިސްޓްރީން ނޮމިނޭޓްކުރި ނަމަވެސް ފައިނަލް  ސެލެކްޝަން ހަދާނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ، ނޮމިނޭޝަން ހަދާނީ ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު މެދުވެރިކޮށްނާއި މިނިސްޓްރީގެ "މައިއެޑިޔު"  ޕޯޓަލް މެދުވެރިކޮށް ދެގޮތަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް ބަލައިގެންނެވެ.

ދެކޮޅު ޓިކެޓާއި ވިސާގެ ޚަރަދު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސައި ދޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. ސްކޮލަރޝިޕް ދޭ ފަރާތުން ހަމަޖައްސައިދޭ ޚަރަދުތަކުގެ ތަފުޞީލު ސްކޮލަރޝިޕްގެ މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެ ކަމަށެވެ. އޭގެ އިތުރަށް ކުރަންޖެހޭ ޚަރަދުތައް ކުރަން ޖެހޭނީ އަމިއްލައަށެވެ.

-މި ސްކޮލަރޝިޕަށް "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާނީ 15 ޖަނަވަރީ 2025 ވާ ބުދަ ދުވަހުގެ 14:00 ކުރިންނެވެ. އަދި ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު  މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާނީ 15 ޖަނަވަރީ 2025 ވާ ބުދަ ދުވަހުގެ 18:00 ކުރިންނެވެ.

ހަންގޭރީކަމް ސްކޫލަރޝިޕާ ގުޅޭ މުހިންމު މައުލޫމާތު https://stipendiumhungaricum.hu/apply/ އިން ލިބޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

93 ސްކޮލަރޝިޕް ސްކީމަށް 344 މިލިއަން ރުފިޔާ ހޭދަކޮށްފިޚަބަރު | 2 މަސް ކުރިންސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 982 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 2 މަސް ކުރިންސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި އެސަސަރެއްގެ ގޮތުގައި ދަފްތަރުވުމުގެ ފުރުސަތު ޚަބަރު | 4 މަސް ކުރިންހުއްދަ ދޫކޮށްފައިވާ މަތީ ތަޢުލީމުދޭ މަރުކަޒުތައް އައު ދަފްތަރުގައި ރަޖިސްޓްރީވާން އެދިއްޖެޚަބަރު | 8 މަސް ކުރިން