logo
Bank of Maldives

Bank of Maldives

ޚަބަރު

ތަފާތު ޑްރޯން ޝޯވް އަކާއެކު، ވަރަށް ކުލަ ގަދަކޮށް އައު އަހަރު ފާހަގަކޮށްފި

ހުޅުމާލެ ސެންޓްރަލް ޕާކުގައި މީގެ ކުރިން ހަވާ އަރުވަނީ -- ފޮޓޯ: ސަން އޮންލައިން
ހުޅުމާލެ ސެންޓްރަލް ޕާކުގައި މީގެ ކުރިން ހަވާ އަރުވަނީ -- ފޮޓޯ: ސަން އޮންލައިން

2025 ވަނަ މީލާދީ އައު އަހަރުގެ ފެށުން، ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

އައު އަހަރު ފާހަގަކުރުމަށް މާލެ ސަރަހައްދުގައި އެންމެ ފޯރިގަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ. އެގޮތުން އެމްއެމްޕީއާރްސީން ބާއްވާ ކަލްޗަރަލް ޝޯވް ތެރެއިން ރޭ އެ ޕާކުގައި ޑްރޯން ޝޯއެއް ބާއްވާއި ހަވާ ވެސް ވަނީ އަރުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެ ޝޯވް ގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި ވަނީ ދިވެހި ސަގާފީ އެކި މަންޒަރުތައް ދައްކުވައިދީފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމާއި، ކަނޑުގެ ދިރުންތަކާއި ރާއްޖޭގެ ކަނޑު އަޑީގެ ރީތި މަންޒަރުތައް ދޭހަވާ ފަދަ މަންޒަރުތައް ވަނީ އެ ޝޯވްގައި ދައްކާލަފައެވެ.

ކޮންމެވެސް ވަރަކަށް ވާރޭ ވެހުނު ނަމަވެސް، އެ ވާރޭގެ ތެރޭގައި ވެސް ގިނަ ބަޔަކު ޑްރޯން ޝޯވް އަދި ހަވާގެ މަންޒަރުތައް ބަލަން ނުކުތްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ވާރޭގެ ތެރޭގައި ވެސް ކުރިއަށް ގެންދިޔަ މިޔުޒިކް ޝޯވް އަށް ވެސް، ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

މިރޭ ވެސް، ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަލްޗަރަލް ޝޯވްގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެމްއެމްޕީއާރްސީން ވަނީ ރާވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެމްޕީއާރުސީ މައްސަލައިގައި މިހާތަނަށް، 123 މިލިޔަން ރުފިޔާ އަނބުރާ ހޯދަން އަންގައިފިޚަބަރު | 2 މަސް ކުރިންއެމްއެމްޕީއާރުސީ ވައްކަމުގެ ފަހަތުން އަދިވެސް ދާން ޖެހޭ، ހަނދާން ނައްތާލައިގެން ނުވާނެ: ވަކީލް މުއިއްޒުޚަބަރު | 2 މަސް ކުރިން4 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެމްއެމްޕީއާރްސީއަށް ފައިދާވެއްޖެ ޚަބަރު | 4 މަސް ކުރިންއެމްއައިޓީޑީސީ އުވާލައި އެމްއެމްޕީއާރުސީގެ ހަރަދު ކުޑަކުރަން މަޖިލީހުން ފާސްކޮށްފިޚަބަރު | 4 މަސް ކުރިން