logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއެމްޕީއާރުސީ މައްސަލައިގައި މިހާތަނަށް، 123 މިލިޔަން ރުފިޔާ އަނބުރާ ހޯދަން އަންގައިފި

އައިޝަތު ނަޝާ
2 އޮކްޓޯބަރު 2025 - 16:14
އެމްއެމްޕީއާރުސީ މައްސަލައިގައި މިހާތަނަށް، 123 މިލިޔަން ރުފިޔާ އަނބުރާ ހޯދަން އަންގައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާާނާތާއި ކޮރަޕްޝަންގެ މައްސަލައިގައި މިހާތަނަށް 123.73 މިލިޔަން ރުފިޔާ އަނބުރާ ހޯދަން އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

މި ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަޙުޤީޤުކުރަމުން އަންނަ "މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން) އެމް.އެމް.ޕީ.އާރ.ސީ("ގެ ކޮރަޕްޝަންގެ މައްސަލަތަކުގައި މިވަގުތު 37 ތަޙުޤީޤު ހިންގަމުންދާއިރު، 161 މައްސަލަ އޮތީ ތަޙުޤީޤުކޮށްނިންމައި ގޮތް ނިންމުމުގެ މަރުޙަލާގައިކަން ފާހަގަކުރެވެއެވެ. އަދި 15 މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން ކުރިޔަށްދާ ކަމަށް ވެސް އެސީސީ އިން މައުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމް.އެމް.ފީ.އާރު.ސީގެ މައްސަލަތައް ތަޙުޤީޤު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، މިހާތަނަށް 123,732,662.00 (ސަތޭކަ ތޭވީސް މިލިއަން ހަތްސަތޭކަ ތިރީސްދެހާސް ހަސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ) އަނބުރާ ހޯދުމަށް ކޮމިޝަނުން  ކަމާ ގުޅުންހުރި ފަރާތްތަކަށް އޭސީސީން ވަނީއަންގައިފައެވެ.

ކޮމިޝަނުގެ ތަޙުޤީޤުތަކުގައި ޢަމަލުކުރަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ކޮމިޝަނުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި، މިންގަނޑުތަކާއި ހަމަތަކުގެ މަތިންކަން ޔަޤީންކޮށްދެއްވާ އެ ކޮމިޝަނުން ވަނީ، ޤާނޫނީ މަސްއޫލިއްޔަތު އަދާކުރަނީ، އެއްވެސް ފަރާތެއްގެ ނުފޫޒަށް ލެނބުމެއްނެތި، މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު، ވަކި ފަރާތަކަށް ބުރަނުވެ ޤާނޫނީ ހަމަތަކުގެ މަތީން، ކޮމިޝަނުގެ ފަންނީ ޤާބިލުކަން ތަންދޭ އެންމެ ބޮޑަށް ކަން ފާހަގަކޮށް، އެކަމުގެ ޔަޤީންކަން ވެސް ރައްޔިތުންނަށް އަރުވާފައެވެ.

ކޮމިޝަނުގެ ފަންނީ އަދި އެހެނިހެން ޤާބިލުކަން ތަންދޭ އެންމެ މަތީ މިންވަރަކުން ތަޙުޤީޤުތައް އަވަސްކޮށް ފިޔަވަޅު އަޅަމުންގެންދާނެކަމުގެ ޔަޤީންކަންވެސް އެކޮމިޝަނުން ވަނީ ދީފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިޝްވަތަށް އެދުމުގެ މައްސަލައެއްގައި ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓެއްގެ މައްޗަށް ދައުވާކުރަނީޚަބަރު | 2 ދުވަސް ކުރިންފައްޔާޒު އޭސީސީއަށް ހާޒިރުކުރަނީ ޚަބަރު | 5 ދުވަސް ކުރިންކުރީ ސަރުކާރުގެ ކޮރަޕްޝަން: މަހާ ޖައްރާފު މަރާމާތުކުރުމުގައި ވެސް އެތައް ގުނައެއް އިތުރަށް ޚަރަދުކޮށްފައިވޭޚަބަރު | 11 ދުވަސް ކުރިންއެމްއެމްޕީއާރުސީ މައްސަލައިގައި މިހާތަނަށް، 123 މިލިޔަން ރުފިޔާ އަނބުރާ ހޯދަން އަންގައިފިޚަބަރު | 12 ދުވަސް ކުރިން