logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

އެމްއައިޓީޑީސީ އުވާލައި އެމްއެމްޕީއާރުސީގެ ހަރަދު ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

އާމިނަތު ޝަފާ
9 ޖުލައި 2025 - 10:45
އެމްއައިޓީޑީސީ އުވާލައި އެމްއެމްޕީއާރުސީގެ ހަރަދު ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމަށާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހަރަދުތައް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ، އެ ދެ ކުންފުނީގެ މާލީ އަދި އިދާރީ ހާލަތު ދިރާސާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން އެކުލަވާލި ރިޕޯޓަށް ރިއާޔަތްކުރުމަށް ފަހުގައެވެ. މި ރިޕޯޓު ފާސްކުރީ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 62 ވޯޓުގެ އަގުލަބިއްޔަތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޓަގްރޭޓެޑް ޓޫރިޒަމާ ގުޅޭ މަސައްކަތް ކުރުމަށް ސަރުކާރުން އުފައްދާފައިވާ އެމްއައިޓީޑީސީ އުފެއްދީ 2016 ވަނަ އަހަރުއެވެ.

އެމްއައިޓީޑީސީ އުވާލަން މީގެކުރިންވެސް ސަރުކާރުންވަނީ ނިންމާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެމްއެމްޕީއާރުސީގެ ހަރަދުތައް ކުޑަކުރުމަށް އެ ކުންފުންޏަށް އެންގުމަށް ވެސް އެ ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވެފައިވާއިރު އެގޮތަށް އެކަންވީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އެމްޑީޕީ ސަރުކާރުގެ ފަހު 4 އަހަރުގެ ތެރޭގައި އަމަލުކުރިގޮތުންކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރްސީން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީ ސަރުކާރުގެ ފަހު 4 އަހަރު ގެއްލުންވެފައިވާއިރު ޖުމްލަ ގެއްލުމުގެ އަގު 203 މިލިއަން ރުފިޔާއަށް ވުރެ އިތުރުކަމަށެވެ.

އަހަރުން އަހަރަށް ގެއްލުންވަމުން އައިގޮތް:

2020: - 1,624,866 ރުފިޔާގެ ގެއްލުން

2021: - 141,977,908 ރުފިޔާގެ ގެއްލުން

2022: - 42,290,590 ރުފިޔާގެ ގެއްލުން

2023: - 17,997,662 ރުފިޔާގެ ގެއްލުން

އެމްއެމްޕީއާރްސީއަށް މިދިޔަ އަހަރު ވަނީ 28 މިލިއަން ރުފިޔާ ގެއްލުން ވެފަ އެވެ. އެ ކުންފުނީގެ ޖުމްލަ އެކުމިއުލޭޓެޑް ގެއްލުން 213 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެ އެވެ. އެމްއެމްޕީއާރުސީން 2020 ވަނަ އަހަރު ކޮވިޑާ ގުޅިގެން ކުރިމަތިވަތި ހާލަތުން އަރައިގަތުމަށް އެމްޕީއެލް މެދުވެރިކޮށް 4.6 އިންސައްތަ އިންޓްރެސްޓް ރޭޓުގައި 86 މިލިއަން ރުފިޔާގެ ލޯނެއް ނެގި ނަމަވެސް އެއްބަސްވި ގޮތަށް ފައިސާ ދައްކާފައެއް ނުވެއެވެ. 15 އަހަރުން ދައްކާ ގޮތަށް ނެގި އެ ލޯނަށް 2022 ވަނަ އަހަރުގެ ދެ ވަނަ ކުއާޓާއިން ފެށިގެން ފައިސާ ދައްކާފައެއް ނުވާކަން ވަނީ ހާމަވެފައެވެ.

ކުންފުނީގެ މާލީ ހާލަތު ބަޔާންކޮށް އެސްއޯއީ ކޮމިޓީން ނެރުނު ރިޕޯޓާ ގުޅިގެން އެމްއެމްޕީއާރްސީންވަނީ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުން އިސްލާހުކޮށް ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިފައިވާކަމަށް ބުނެފައެވެ.

މިކުރެވުނު މަސައްކަތުގެ ތެރެއިން ހަރަދުތަކުން 10 އިންސައްތަ ކުޑަކުރެވި އަދި ޕީއާރް އެޖެސީތަކުގެ އަދަދު 21 އިން 6 މަދުކުރެވި ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިފައިވާކަން އެ ކުންފުނިންވަނީ ފާހަގަކޮށްފައެވެ.

އަދި ކުރިން ޓްރޭޑް ޝޯތަކާއި އެގްޒިބިޝަންތަކަށް ކުރަމުން އައި ހަރަދު ބަޖެޓުގެ 80 އިންސައްތައިން 34 އިންސައްތައަށް ކުޑަކޮށް ދެ މިލިއަން ރުފިޔާ ސަލާމަތްކޮށްފައިވާކަމަށް ރިޕޯޓުގައިވެއެވެ.

އެއާއެކު މިއަހަރުގެ ތެރޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކާމިޔާބު ކެމްޕެއިންތަކެއް ހިންގާފައިވާކަމަށާއި މި ކެމްޕެއިންތަކުގެ ސަބަބުން އަވަށްޓެރި އިންޑިއާގެ މާކެޓުން 4 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް އެކުންފުނިން ބުނެ އެވެ.

އެމްއެމްޕީއާރްސީން ބުނީ ކުންފުނީގެ އަމާޒަކީ ލިވަޕޫލް އެފްސީއާއެކު ތާރީހީ ބައިނަލްއަގްވާމީ ކެމްޕެއިނެއް ފެށުމަށްކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޯހިޔާވެހިކަމުގެ ބިލަށް އިސްލާހު ގެނައުމަށް ކޮމިޓީން ނިންމައިފިޚަބަރު | 18 ގަޑިއިރު ކުރިންބަޖެޓް 2026: ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ގޮތުގައި 19.7 މިލިއަން ރުފިޔާ ޚަބަރު | 3 ދުވަސް ކުރިންބަޖެޓު 2026: ކުޅިވަރަށް 623 މިލިއަން ރުފިޔާޚަބަރު | 4 ދުވަސް ކުރިންދައުލަތުގެ ބަޖެޓް: ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ، ޖުޑީޝަރީއަށް 807.9 މިލިއަން ރުފިޔާ ޚަބަރު | 4 ދުވަސް ކުރިން