logoEN
ޚަބަރު

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަކީ ސްޕެއިން މީހެއް، މިއީ ޒިޔާރަތްކުރި 11 ވަނަ ފަހަރު

މުހައްމަދު މޫސާމުހައްމަދު މޫސާ

01 ޖެނުއަރީ 2025 - 07:25

2025 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުޙަބާ ކިޔައިފިއެވެ.

މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަކީ ލުއިސް ނަމަކަށް ކިޔާ ސްޕެއިންގެ ރައްޔިތެކެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ އަނބިމީހާއާއި ދަރިފުޅާ އެކުގައެވެ.

ވީއައިއޭ އިން މަޢުލޫމާތު ދެއްވިގޮތުގައި، މިއީ ލުއިސް ރާއްޖެއަށް ޒިޔާރަތްކުރި 11 ވަނަ ފަހަރެވެ. އަދި ރާއްޖެއަކީ އޭނާގެ ދެވަނަ ގެ ކަމުގައި އޭނާ ސިފަކުރާކަމަށް ވީއައިއޭ އިން ވަނީ ހާމަކޮށްފައެވެ. މީގެއިތުރުން، ލުއިސްގެ ޢާއިލާއަކީ ޙަޤީޤަތުގައިވެސް ދިވެހި ޢާއިލާގެ ބައެއްކަމަށް ވީއައިއޭ އިން ސިފަކޮށްފައިވެއެވެ.

ވީއައިއޭ އިން އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ކަނޑާއި، ފަސްގަނޑާއި، ރައްޔިތުންދެކެ ލުއިސްގެ ޢާއިލާވާ ލޯބިން މި ޒިޔާރަތް އިތުރަށް ޚާއްޞަވެގެންދާ ކަމަށެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 203،891 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ސަރުކާރާއި އެ ސިނާއަތުގެ ޚިދުމަތްތެރިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder