logo
MPL

MPL

ވިޔަފާރި

ޗައިނާ ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
8 ސެޕްޓެމްބަރު 2024 - 07:19
ކޮވިޑުގެ ފަހުން ރާއްޖެއަށް ފުރަތަމަ ދަތުރުފެށި ޗައިނާގެ ފްލައިޓުގެ ފަތުރުވެރިންނަށް ވެލާނާ އެއާޕޯޓުން މަރްޙަބާ ކިޔަނީ -- ފޮޓޯ/ ޓީޓީޖީ
ކޮވިޑުގެ ފަހުން ރާއްޖެއަށް ފުރަތަމަ ދަތުރުފެށި ޗައިނާގެ ފްލައިޓުގެ ފަތުރުވެރިންނަށް ވެލާނާ އެއާޕޯޓުން މަރްޙަބާ ކިޔަނީ -- ފޮޓޯ/ ޓީޓީޖީ

މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް އަރައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 202،613 ފަތުރުވެރިއަކު ވަނީ އައިސްފައެވެ. އެއީ މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 14.6 އިންސައްތަ ފަތުރުވެރިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ޗައިނާގެ ފަތުރުވެރިންކަމުގައިވާއިރު، ޗައިނާގެ މަކެޓަކީ މިދިޔަ އަހަރު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ޒިޔާރަތްކުރި މާކެޓެވެ. އެގޮތުން މިދިޔަ އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރީ 127،00 އެއްހާ ފަތުރުވެރިންނެވެ.

މި އަހަރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ޒިޔާރަތްކުރީ ރަޝިޔާގެ ފަތުރުވެރިންނެވެ. އެއީ ގާތްގަޑަކަށް 149،000 ފަތުރުވެރިންނެވެ. އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 119،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.

އެއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، ތަފާސް ހިސާބުތައް ދައްކާގޮތުން މި މަސް ނިމޭއިރު އެ އަދަދު 1.4 ފަހަނައަޅައި ދާނެއެވެ. މިހާރު ވެސް ދުވާލެއްގެ މައްޗަށް 5،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނައިރު، ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރުމެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް ޒިޔާރަތްކުރީ 1.8 މިލިއަން ފަތުރުވެރިންނެވެ.

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ފަހަނައަޅައި، ފަތުރުވެރިކަމަށް ބޮޑު ލުޔެއްޚަބަރު | 15 ދުވަސް ކުރިންފަތުރުވެރިކަމުގެ ބޮޑު ރިކަވަރީއެއް، މިއަހަރު ވެސް މިދިޔަ އަހަރުގެ ރެކޯޑާ އަރާހަމަކުރަނީ!ޚަބަރު | މަހެއް ކުރިންޒުވާނުންނަށް އާމްދަނީއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނުވާން ރަނުގެ ފުރުސަތެއްޚަބަރު | މަހެއް ކުރިން'ވިޒިޓް މޯލްޑިވްސް އިޔަރ' އިފްތިތާޙްކޮށް، ޓޫރިޒަމް އެވޯޑަށް މުޅިން އައު ދާއިރާތަކެއް ތަޢާރަފްކޮށްފިޚަބަރު | މަހެއް ކުރިން