logoEN
ކުޅިވަރު

ބޮޑު ތިލަދުންމަތީގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން އެން.ވީ.ކޭ އަށް

މައިކަޕްގެ ޗެންޕިއަން އެން.ވީ.ކޭ. ފޮޓޯ: ދެލި އެމް.ވީ

މައިކަޕްގެ ޗެންޕިއަން އެން.ވީ.ކޭ. ފޮޓޯ: ދެލި އެމް.ވީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

02 ޖެނުއަރީ 2025 - 06:19

ހއ. އިހަވަންދުއަށް ނިސްބަތްވާ ކުލަބު ޕޯލްސްޓާއިން އިންތިޒާމުކޮށްގެން ބޮޑުތިލަދުންމަތީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "މައި ކަޕް 2024" ގެ ޗެންޕިއަންކަން އެން.ވީ.ކޭ އިން ހޯދައިފިއެވެ. އެން.ވީ.ކޭ އިން މިމުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ކުޅިމަގު ބަލިކޮށްގެންނެވެ.

އިހަވަންދޫގެ ޣާޒީ ފުޓްބޯޅަ ސްޓޭޑިއަމް ގައި ކުޅެވުނު މިމެޗު އެން.ވީ.ކޭ ކާމިޔާބުކުރީ ފުރިހަމަ ވަގުތުގައި 1-1 އިން އެއްވަރުވެ، ޕެނަލްޓީގައި 6-5 އިން ކުރިހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ގޯލުޖަހައި ލީޑުނެގީ ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި އެން.ވީ.ކޭ އިންނެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ނާއިޝްއެވެ. ނަމަވެސް މެޗުގެ 60 ވަނަމިނެޓުގައި ކުޅިމަގުގެ ގާސިމް ސަމާމް ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ޕެނަލްޓީ ޝޫޓުގައި އެންވީކޭގެ ގޯލް ކީޕަރު އިބްރާހިމް އާޒިމްވަނީ ދެ ޕެނަލްޓީ މަތަކޮށް، ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އިބްރާހިމް އާޒިމްއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ 10 ގޯލާއެކު ގާސިމް ސަމާމްއެވެ.

މިއީ މިމުބާރާތުގެ ޗެންޕިއަންކަން އެން.ވީ.ކޭ އިން ހޯދި ދެވަނަ ފަހަރެވެ.

2007 ވަނަ އަހަރުން ފެށިގެން މިހާތަނަށް މައި ކަޕުގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މި ސަރަހައްދުގައި ބާއްވަމުން އަންނަ އެންމެ ވަރުގަދަ އެއް މުބާރާތެވެ. މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.

ކޮމެންޓް

871x217_placeholder