logo
E-Platinum
ޚަބަރު

އައްޑޫގައި ޤާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމުގެ ޕަމްޕްތައް މާލެ ނުގެންދާނެ: ވަޒީރު

ރިޟްވާން ޖަމާލް
2 ޖެނުއަރީ 2025 - 08:10
އިންޑިއާގެ އެހީގައި އައްޑޫގައި ތަރައްޤީގެ މަޝްރޫއެއް ފެށުމުގެ ތެރެއިން-- ފޮޓޯ: ފޮރިން މިނިސްޓރީ
އިންޑިއާގެ އެހީގައި އައްޑޫގައި ތަރައްޤީގެ މަޝްރޫއެއް ފެށުމުގެ ތެރެއިން-- ފޮޓޯ: ފޮރިން މިނިސްޓރީ

އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމުގެ ޕަމްޕްތައް ނަގާ މާލެ ގެންނަން އުޅޭކަމަށް ދެކެވޭ ވާހަކަ އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ދޮގުކުރައްވައިފިއެވެ.

ވަޒީރު އެފަދައިން ވިދާޅުވީ އައްޑޫގެ ފެން ހިނދާ ނިޒާމު ޤާއިމުކުރުމަށް ބަހައްޓާފައިވާ ޕަމްޕްތައް މާލެ ގެންދިއުމަށް އުޅޭ ވާހަކަތަކެއް ސޯޝަލް މީޑިޔާގައި ފެންމަތިވުމާއި ގުޅިގެން އެކަން ދޮގު ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެގައެވެ.  އެގޮތުން ވަޒީރު ވިދާޅުވީ އައްޑޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް އަދި މުޅިން ނުނިމޭ ކަމަށާއި ޕަމްޕް ސްޓޭޝަންތަކުގައި ބަހައްޓާ ޕަންޕްތައް އިންސްޓޯލްކުރުމާއި ޓެސްޓުކުރުމުގެ މަސައްކަތްތައް، ކޮންޓްރެކްޓަރު މިވަގުތު ވެސް ކުރަމުންދާކަމަށެވެ.

 

ވަޒީރު އެފަދައިން ވިދާޅުވިއިރު، އައްޑޫ ސިޓީގެ ފެން ހިންދާ ނިޒާމުގެ މަސައްކަތަކީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށް ކުރިއަށްގެންދާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގައި ހިމެނޭ މަސައްކަތެކެވެ.

ވިއްސާރަ ދުވަސްވަރު ފެންބޮޑުވުމުގެ މައްސަލައަކީ އައްޑުއަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. 100 ކިލޯމީޓަރުގެ މަގު ހެދުމަށް އައްޑޫގައި ފަށައިގެން ކުރިއަށްގެންދާ މަޝްރޫއުގައި މިހާރު މައިގަނޑު ގޮތެއްގައި ކުރަނީ މަޝްރޫޢުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. މީގެ ތެރޭގައި ޒަމާނީ ފެންދާ ނިޒާމުގެ މަސައްކަތްތައްވެސް ކުރިއަށްދެއެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫޢުއަކީ އެއް ބިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މަޝްރޫޢުގައި އައްޑޫ ފެދޫ، މަރަދޫ، މަރަދޫ ފޭދޫ، ހިތަދޫ އަދި ހުޅުމީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންމެ ފަންތިއެއްގެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުމަކީ އަމާޒެއް: ވަޒީރުޚަބަރު | 12 ދުވަސް ކުރިންގިރާވަރުގެ ބިން ހިއްކޭ ވަރަކަށް ގޯތިތައް ހަވާލުކުރަނީ ޚަބަރު | 16 ދުވަސް ކުރިންއަންނަ ހަފުތާގައި 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށަނީޚަބަރު | 16 ދުވަސް ކުރިންރަށްވެހި ސްކީމަށް ބޮޑު ތަރުޙީބެއް: ފޯމުތައް އިވެލުވޭޓް ކުރުމުގެ މަސައްކަތް ފަށައިފި ޚަބަރު | މަހެއް ކުރިން