logo
Bank of Maldives

Bank of Maldives

ޚަބަރު

ގިރާވަރުގެ ބިން ހިއްކޭ ވަރަކަށް ގޯތިތައް ހަވާލުކުރަނީ

އާމިނަތު ޝަފާ
15 ޖުލައި 2025 - 04:04
ގިރާވަރުގެ ބިން ހިއްކޭ ވަރަކަށް ގޯތިތައް ހަވާލުކުރަނީ

"ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރު ފަޅުތެރެއިން ދޫކޮށްފައިވާ ގޯތިތައް، ބިން ހިއްކޭ ވަރަކަށް ހަވާލުކުރަމުންދާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ، "އަހާ" ސިލްސިލާގެ 6 ވަނަ ފޯރަމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައިރު، އެޑްވާންސްގެ ގޮތުގައި ދެފަހަރެއްގެ މަތިން 20 މިލިޔަން ޑޮލަރު ކުރީ ސަރުކާރުން ދީފައިވާ ކަމަށާއި އަދި ކޮންޓްރެކްޓަރުންނާއެކު އޭރު އެއްބަސްވުން ހަދާފައި އޮތް ގޮތުންނާއި އެޑްވާންސް ޕޭމަންޓު ދީފައި އޮތުމުން އިތުރަށް ކޮށްފައި ހުރީ ކޮން މަސައްކަތެއްކަން މި ސަރުކާރަށް ނޭނގި ފައިސާ ހޯދަން ޑިމާންޑުކުރަން ފެށި ކަމަށެވެ. މަސައްކަތް ކުރިއަށް ގެންދިޔުމަށް ބޭނުންވާތީ މި ސަރުކާރުން ވެސް 15 މިލިޔަން ޑޮލަރު އެފަރާތަށް ދީފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެހެންނަމަވެސް އެފަރާތުން ޑިމާންޑުކުރީ ހިއްކާފައި އޮތް މިންވަރަށް ވާވަރަށް، އެބޭފުޅުން ޑިމާންޑުކުރާ އަދަދަށް ފަސާދޭން. ހަގީގަތުގައި އަޅުގަނޑުމެން ބަލާލި ބެލުމުން އެތާނގައި ހިއްކާފައި އޮތީ 20 މިލިޔަން ޑޮލަރަށްވާ ވަރަށް މަސައްކަތްކޮށްފަ އޮތީ. އެހެންނަމަވެސް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 20 މިލިޔަން ޑޮލަރު ދީފައި އޮތީމަ، އެބޭފުޅުން 15 މިލިޔަން ޑޮލަރު ދިނަސް މަސައްކަތް ކުރާކަށް ބޭނުމެއް ނުވި. ގިރާވަރު އެއްބަސްވުން ހަދާފައި އިތީ މޯލްޑިވްސް ފަންޑް މެނޭޖުމަންޓް ކިޔާ ކުންފުންޏާއެކު. އެ ޓާމިނޭޓުކުރުމަށް އޭޖީ އޮފީހަށް ފޮނުވައިގެން އެބަ މަސައްކަތްކުރޭއެބަ".

ވަޒީރު ވިދާޅުވީ އެއްބަސްވުން ހަދާފައި ވަނީ އިންތިހާބާ ދިމާކޮށް ސަރުކާރަށް ގެއްލުންވާގޮތަށްކަމަށެވެ.

އެގްރީމެންޓު ޓާމިނޭޓްކުރެވުނުހާ އަވަހަކަށް ގިރާވަރުގެ މަސައްކަތް ފަށާނެކަމަށާއި އަދި ގިރާވަރުގެ ލޭންޑްޔޫސް ޕްލޭންގެ މަސައްކަތް ނިމުނުހާ އަވަހަކަށް ގިރާވަރުން ގޯތި ލިބިފައިވާ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު އެއްބަސްވާކަމުގައިވާނަމަ، ގުރުއަތު ނަގައިގެން އެފަރާތްތަކަށް ލިބޭތަން ކަނޑައެޅުމަށްފަހު ހިއްކޭ މިންވަރަކުން ގޯތިތައް ހަވާލުކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު ހިއްކާފައި 60 ހެކްޓަރުގެ ބިން އޮތްކަން ފާހަގަކުރަވަމުން ވަޒީރު ވިދާޅުވީ ވަރަށް އަވަހަށް ގޯތި ލިިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ގިރާވަރުފަޅުގައި މިހާރު ހިއްކަން ނިންމާފައިވާ މިންވަރުގެ އިތުރަށް އިތުރު 50 ހެކްޓަރުގެ ބިން އެތަނަށް އިތުރުކުރަން މިސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު މީގެކުރިން ވިދާޅުވެފައި ވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

20 ރަށެއްގެ ފެނާއި ނަރުދަމާ ނުލިބި އެތައް އަހަރެއް، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭނެ: މުއްތަލިބްޚަބަރު | 25 ދުވަސް ކުރިންރާއްޖޭގައި ފުރަތަމަފާހަގަކުރާ އިންޖިނިއަރުންގެ ދުވަހަށް ވަރަށްބޮޑު ތަރުހީބެއްލިބޭ : މިނިސްޓަރު މުއްތަލިބް ޚަބަރު | މަހެއް ކުރިންކޮންމެ ފަންތިއެއްގެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުމަކީ އަމާޒެއް: ވަޒީރުޚަބަރު | 3 މަސް ކުރިންގިރާވަރުގެ ބިން ހިއްކޭ ވަރަކަށް ގޯތިތައް ހަވާލުކުރަނީ ޚަބަރު | 3 މަސް ކުރިން