logo
MPL

MPL

ޚަބަރު

ކުޅުދުއްފުށި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް މިއަހަރު ފަށާނަން: މިނިސްޓަރ

މުޙައްމަދު އަފްރާޙް
7 ފެބްރުއަރީ 2026 - 03:05
ކުޅުދުއްފުށި ސިޓީ، ޕީއެންސީ ކެމްޕެއިން އިފްތިތާހުކުރުން
ކުޅުދުއްފުށި ސިޓީ، ޕީއެންސީ ކެމްޕެއިން އިފްތިތާހުކުރުން

ކުޅުދުއްފުށި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް މިއަހަރު ފަށާނެ ކަމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުޅުދުއްފުށިން ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕޭން އިފްތިތާހުކުރުމުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ މުއްތަލިބު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ 2،000 ހައުސިން ޔުނިޓުގެ މަސައްކަތް މިހާރު ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފައި ކަމަށެވެ. އަދި އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.

މިއަހަރުގެ ތެރޭގައި އެ މަސައްކަތްވެސް ފަށައި، މި ޔުނިޓުތައް ދޭންޖެހޭ ފަރާތްތައް ހޯދުމަށްޓަކައި އިއުލާންކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭނެކަމަށް އުއްމީދު ކުރައްްވާ ކަމަށް ވެސް ޑރ. މުއްތަލިބު ވިދާޅުވިއެވެ.

މީގެއިތުރުން ކުރީ ސަރުކާރުން ކުޅުދުއްފުށީގައި ހައުސިންގ މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށާއި އެމްޑީޕީ ސަރުކާރުން އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޑީޕީގެ ކުރީގެ މަޖިލިސް މެންބަރެއްގެ ކުންފުންޏަކާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި 65 މިލިއަން ރުފިޔާ، ދީފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ 21 މިލިއަން ރުފިޔާ މަޝްރޫއުގެ މަސައްކަތް ހިނގަމުން ދަނިކޮށް ދޫކޮށްފައިވާކަމަށެވެ. ނަމަވެސް 18 މަސް ދުވަސް ފާއިތުވެ، އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރު މަޝްރޫއުގެ ނިމިފައިވަނީ އެންމެ 18 ޕަސަންޓް މަސައްކަތްކަމަށް ވިދާޅުވިއެވެ. ސަރުކާރުން އެ ކުންފުންޏަށް ޖުމްލަ 86 މިލިއަން ރުފިޔާ ދީފައިވާތީ، މި ސަރުކާރުން މަސައްކަތް ކޮށްފައިވަނީ އަލުން އެ ކުންފުންޏާ ވާހަކަދައްކައިގެން މަޝްރޫއުގެ މަސައްކަތް ފެށޭތޯކަމަށް މުއްތަލިބު ވިދާޅުވިއެވެ.

އެހެންނަމަވެސް އެ ކުންފުނިން އެއްބަސްނުވުމުން، މިދިޔަ އަހަރުގެ މެދު ތެރޭގައި އެއްބަސްވުން ބާތިލުކޮށް، މިދިޔަ އަހަރުގެ ތެރޭގައި އެޗްޑީސީއާ އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މުއްތަލިބު ވިދާޅުވީ ކުޅުދުއްފުއްޓަކީ ހަމައެކަނި ސިޓީއެއް ނޫން، އެއީ ދެބަސްވެވެން ނެތް ގޮތުގައި އުތުރުގެ ވެރިރަށް ކަމަށެވެ.

އުތުރުގެ ރައްޔިތުން ތައުލީމާއި، ސިއްހީ ކަންކަމުގައި އަންނަނީ ކުޅުދުއްފުއްޓަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުޅުދުއްފުށީގެ އާބާދީ އިތުރުވަމުން އަންނައިރު ދިމާވާނެ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ ދަތިކަންކަމަށް މުއްތަލިބު ވިދާޅުވިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ވެށިފަހި މާލެ'" ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ގަންނަން ފުރުސަތު ހުޅުވާލަން ނިންމައިފިޚަބަރު | 4 ދުވަސް ކުރިންއެލްޖީއޭ ބޯޑު އިންތިޚާބު: ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފިޚަބަރު | 9 ދުވަސް ކުރިންނިމިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުން ކުރި މަސައްކަތް ދިހަ ގުނަ އިތުރުވާނެ: ލަތީފްޚަބަރު | 13 ދުވަސް ކުރިންޓެކްސް ނިޒާމަށް ގެންނަ އިސްލާހާ ދެކޮޅަށް އިދިކޮޅުން ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް: ނަސީރުޚަބަރު | 14 ދުވަސް ކުރިން