logo
Bank of Maldives

Bank of Maldives

ޚަބަރު

ގޯއްޗާއި ފްލެޓަށް އެދި ބޮޑު ތަރުހީބެއް – 3000 އަށްވުރެ ގިނަ ފޯމު

މުޙައްމަދު އަފްރާޙް
11 ފެބްރުއަރީ 2026 - 04:59
ގޯއްޗާއި ފްލެޓަށް އެދި ބޮޑު ތަރުހީބެއް – 3000 އަށްވުރެ ގިނަ ފޯމު

ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލުމުން މިހާތަނަށް 3000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން މިހާތަނަށް 3651 އެޕްލިކޭޝަނެއް ހުށަހަޅާފައިވާކަމަށެވެ. އަދި ޑްރާފްޓް މަރުހަލާގައި 10،000 ވަރަކަށް އެޕްލިކޭޝަންގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެތެރެއިންވެސް ފްލެޓަށް ކުރިމަތިލާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރައްވާ ވިދާޅުވީ ފްލެޓުގެ ޑިމާންޑު ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. އަދި ވަރަށް ގިނަ ފަރާތްތަކުނއ، އެފަރާތްތަކުގެ އާއިލާއަށް ވަގުތުން ބޯހިޔާވަހިކަން ލިބެން ބޭނުންވާކަން ހާމަވާކަމަށް ވެސް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ފްލެޓަށް އޮތް ޑިމާންޑު ބޮޑުވަނީ ބިމެއް ލިބިއްޖެއްޔާ އެތަން ތަރައްގީކުރަން ޖެހޭނެތީ ކަމަށާއި އެކަމަށް ގިނަ ދުވަސްތަކެއް ނަގާނެތީ ކަމަށެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެދަށުން ދިވެހި ރައްޔިތުންނަށް މި ފުރުސަތު ހުޅުވާލީ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. މި ސްކީމްގެ ދަށުން ގޯއްޗަށް އެދި މާރިޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅޭއިރު، ފްލެޓަށް އެދި ހުށަހެޅޭނީ އެޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ވަނީ ނިންމަވާފައެވެ. ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ދިނުމަށް ނިންމާފައިވެއެވެ. އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތިހާއްސަކޮށްފައިވެއެވެ.

ހަމަމިއާއެކު ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލާ، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުސަތު މިސްކީމުގެ ދަށުން ލިބޭނެއެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިއުލާނު ކުރީ، މިދިޔަ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ ޢާއްމުކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯއްޗާއި ފްލެޓަށް އެދި ބޮޑު ތަރުހީބެއް – 3000 އަށްވުރެ ގިނަ ފޯމުޚަބަރު | ގަޑިއިރެއް ކުރިންކުޅުދުއްފުށި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް މިއަހަރު ފަށާނަން: މިނިސްޓަރޚަބަރު | 4 ދުވަސް ކުރިންގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ގުރުއަތުލުން ނިންމާލައިފިޚަބަރު | 10 ދުވަސް ކުރިންރާއްޖެއަށް ބޭނުންވަނީ ގިނަ އަދަދަކަށް ފްލައިޓު އެޅޭނެ މަގު: ޑރ. މުއްތަލިބުޚަބަރު | 11 ދުވަސް ކުރިން