logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެ ސަރަހައްދުން ހައުސިންއަށް އިތުރު ބިން ހޯދުމުގެ މަސައްކަތް ފަށައިފި

މާލެ ސަރަހައްދުން ހައުސިންއަށް އިތުރު ބިން ހޯދުމުގެ މަސައްކަތް ފަށައިފި

 

މާލެ ސަރަހައްދުގައި ހައުސިން ޔުނިޓް އިމާރާތްކުރާނެ ބިން މިވަގުތަށް ހުސްވެފައިވާތީ، އިތުރު ބިން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ބިން ލިބިފައިވަނީ 10،700 ހައުސިން ޔުނިޓް އެޅޭ މިންވަރަށް ކަމަށެވެ. ސަރުކާރުން ކުރިން 12،000 ޔުނިޓް އެޅޭނެ ކަމަށް ލަފާކުރި ނަމަވެސް، އެ ޢަދަދަށް ބޭނުންވާ ބިން ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ 10،700 ޔުނިޓުގެ ތެރެއިން 3،260 ޔުނިޓުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އަދި މި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ހަގީގަތުގައި އިތުރަށް އިމާރާތްކުރުމަށް ބިންތަކެއް މިވަގުތު ލިބިފައެއް ނެތެވެ. އެހެންނަމަވެސް މިނިސްޓްރީން އެޗްޑީސީއާ ވާހަކަދައްކައިގެން އެހެން ކަންކަމަށް ކަނޑައަޅާފައި ހުރި ބިންތަކުން ވެސް ހައުސިންއަށް އިތުރު ބިންތަކެއް ލިބޭތޯ މަސައްކަތް ކުރަމުންދެއެވެ.

"އެއާއެކު މާލޭގައި ވެސް ހުރި ބިންތަކުގެ ތެރެއިން ހައުސިން އެޅުމަށް ނެގޭނީ ކޮން ބިންތަކެއްތޯ ބަލައި އިތުރުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ." ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ.

ބިމުގެ ދަތިކަމުގެ އިތުރުން، ހުޅުމާލެ ތިންވަނަ ފިޔަވަހީގައި އިމާރާތް ކުރެވޭ އުސްމިނަށް ވެސް ވަނީ ބަދަލު އައިސްފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި ކުރިން 17 ފަންގިފިލާއަށް އިމާރާތްކުރަން ރޭވި ނަމަވެސް، އެއާޕޯޓަށް ފްލައިޓް ޖައްސާ މިސްރާބު ހުންނަ ގޮތުން ސިވިލް އޭވިއޭޝަނުން ހުއްދަ ދީފައިވަނީ 14 ފަންގިފިލާއާ ހަމައަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ދައުލަތުން ހިލޭ ބިމާއި ލުއިތައް ދީގެން ކޮންޓްރޯލް އަގުތަކެއްގައި ފްލެޓް ވިއްކުމަށް އަމިއްލަ ކުންފުނިތަކުގެ ބޮޑު ޝައުގުވެރިކަމެއް އެބަ ހުރި ކަމަށާއި، އެކަމަށް މަގުފަހިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ގުޅީފަޅާއި ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ތަންތަނުގައި ދިރިއުޅެވޭނެ މަގު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސަރަހައްދުން ހައުސިންއަށް އިތުރު ބިން ހޯދުމުގެ މަސައްކަތް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންބޯހިޔާވަހިކަމަށް އެދި 37000 ފޯމުޚަބަރު | 10 ގަޑިއިރު ކުރިންމާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ރަސްމާލެ މަޝްރޫއު މަޖުބޫރު: މިނިސްޓަރު މުއްތަލިބްޚަބަރު | 14 ދުވަސް ކުރިންރަސްމާލެ މަޝްރޫޢަކީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢެއްޚަބަރު | 15 ދުވަސް ކުރިން