logo
MPL

MPL

ޚަބަރު

ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ލަސްވަނީ ކުރީ ސަރުކާރުން ހޭވި ހަޑީގެ ސަބަބުން: ވަޒީރު މުއްތަލިބް

އައިޝަތު ނަޝާ
3 އޯގަސްޓު 2026 - 08:16
ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ލަސްވަނީ ކުރީ ސަރުކާރުން ހޭވި ހަޑީގެ ސަބަބުން: ވަޒީރު މުއްތަލިބް

ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދިނުން ލަސްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހޭވި ހަޑީގެ ސަބަބުން ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ބ. ކިހާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށޭތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރައްވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ، ކިހާދޫގެ ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުގެ މެދުތެރޭ ކަމަށާއި، މިހާރު ކުރިއަށް ދަނީ ޕަމްޕު ސްޓޭޝަނާއި އާރުއޯ ޕްލާންޓުގެ އިމާރާތުގެ މަސައްކަތްތައް ކަމަށެވެ. އެ މަޝްރޫއުގެ 10 އިންސައްތަ ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިހާދޫ ވެސް ހިމެނޭހެން ޑިސެންބަރު 29، 2021ގައި ފެނާއި ނަރުދަމާ ގާއިމުކޮށް ޚިދުމަތް ދިނުމަށް ފެނަކައާ ހަވާލުކުރި މަޝްރޫއުގެ ތެރެއިން ނޮވެންބަރު 2023ގެ ނިޔަލަށް ނިންމުނީ އެންމެ 16 އިންސައްތަ ކަމަށް ވިދާޅުވެ، މުއްތަލިބު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދެވޭނެތޯ ފެނަކައާ ވާހަކަ ދެއްކުމުން، އެ މަޝްރޫއުތައް ކުރިއަށް ގެންދެވެން ނެތް ކަމަށް އޭރު ބުނި ކަމަށެވެ.

ވަޒީރު މުއްތަލިބު ވިދާޅުވީ މިހާރު މަސައްކަތް ކުރަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ މަޝްރޫއުގެ އެންމެހައި މަސައްކަތްތައް ނިންމައިލުމަށް ކަމަށެވެ.

ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ފެނަކައާ ހަވާލުކުރިއިރު، މަޝްރޫއު ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ކަމަށާއި، އެ މަޝްރޫއު ސަބް ކޮންޓްރެކްޓް ކުރި ބައެއް ކުންފުނިތަކުގައި ވެސް މަޝްރޫއު ހިންގުމުގެ ތަޖުރިބާ ނެތް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.އަދި މަޝްރޫއެއް ސަރުކާރު ކުންފުންޏަކާ ހަވާލުކުރުމަށް ފަހު މުޅި މަޝްރޫއު އެއްކޮށް ސަބް ކޮންޓްރެކްޓް ކުރުމަކީ މާލިއްޔަތު ގަވައިދުގައި މަނާ ކަމެއް ކަން ވެސް ވަޒީރު މުއްތަލިބު ފާހަގަ ކުރެއްވިއެވެ.

ނަމަވެސް ފެނަކައިން އޭރު ވަނީ މާލިއްޔަތު ގަވައިދާ ޚިލާފަށް މުޅި މަޝްރޫއު އޮތް ގޮތަށް ސަބް ކޮންޓްރެކްޓް ކޮށްފައި ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެއަށް އަހަރަކު 1 މިލިއަން ފަތުރުވެރިން؛ އިގުތިސާދަށް ބޮޑު އިންގިލާބެއް!ޚަބަރު | 12 ދުވަސް ކުރިންމަޝްރޫއުތައް ނިންމަން 58 ބިލިއަން ރުފިޔާ ބޭނުންވޭ: މުއްތަލިބްޚަބަރު | 17 ދުވަސް ކުރިންގޯތީގައި ގެދޮރު އަޅަން ބޭނުންވާ އިކުއިޓީ ސަރުކާރުން ދެނީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް: ވަޒީރު މުއްތަލިބްޚަބަރު | 17 ދުވަސް ކުރިން ބުރިޖުގެ ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ނުވޭ:ވަޒީރު މުއްތަލިބްޚަބަރު | 2 މަސް ކުރިން