logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ރަސްމާލެ މަޝްރޫއު މަޖުބޫރު: މިނިސްޓަރު މުއްތަލިބް

މަރިޔަމް މާޙީ
28 އޭޕްރީލު 2026 - 06:38
މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް--- ފޮޓޯ: ރައްޔިތުންގެ މިޖިލިސް
މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް--- ފޮޓޯ: ރައްޔިތުންގެ މިޖިލިސް

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ރަސްމާލެ މަޝްރޫއަކީ ކޮންމެހެން ހިންގަން މަޖުބޫރު މަޝްރޫއެއް ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު މީކާއިލް ސުވާލު ކުރެއްވީ ގުޅީފަޅާއި، ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް 3 އާބާދުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ރަސްމާލެ މަޝްރޫއަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ ސަބަބާ ގުޅޭގޮތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ގުޅީފަޅާއި ގިރާވަރުފަޅުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ވިއުގަ ވީހާވެސް އަވަހަށް ގާއިމުކޮށް، ރައްޔިތުންނަށް އެ ތަންތަނުގައި ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ރަސްމާލެއާ އެއްވަރުގެ އިސްކަމެއް ދީގެން އެ މަސައްކަތްތައް ވެސް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދުގައި މިހާރު ހިއްކާފައި ހުރި ބިންތަކުން ލިބޭ ޖާގައިގައި އިމާރާތް ކުރެވޭނީ ގިނަވެގެން 12،000 ފްލެޓް ކަމަށެވެ. އެހެންކަމުން، މުސްތަގުބަލަށް ވިސްނައި، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމަށް ޓަކައި އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށާއި، އެ ހައްލަކީ ރަސްމާލެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަޞައްވުރަކީ 20 އަހަރުގެ މާސްޓަރ ޕްލޭނެއް. މިއީ މާލޭގެ ރައްޔިތުންނަށްޓަކައި ހިންގަން މަޖުބޫރު މަޝްރޫޢެއް،" މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއަށް ވާއިރު، މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް އޮތް އެންމެ ފަހި ފުރުސަތު ކަމަށް ސަރުކާރުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ލަސްވަނީ ކުރީ ސަރުކާރުން ހޭވި ހަޑީގެ ސަބަބުން: ވަޒީރު މުއްތަލިބްޚަބަރު | 3 ގަޑިއިރު ކުރިންބޮޑުތަކުރުފާނު މަގު އަލަށް ތަރައްގީ ކުރި ބައި މިއަދު ހުޅުވާލަނީޚަބަރު | 10 ދުވަސް ކުރިން އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމްގެ ދަށުން 1000 ހައުސިންގ ޔުނިޓު އެޅުމަށް ދިވެހި 5 ކުންފުންޏަކާ ހަވާލުކޮށްފިޚަބަރު | 18 ދުވަސް ކުރިން''މާލޭގެ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަކީ އަމާޒު''ޚަބަރު | 21 ދުވަސް ކުރިން