އެސްޓީއޯއިން އާ ފާމަސީއެއް ހުޅުވައިފި


02 ޖެނުއަރީ 2025 - 13:08
އެސްޓީއޯ އިން މާފަންނުގައި އާ ފާމަސީއެއް މިއަދު ހުޅުވައިފި އެވެ.
މި ފާމަސީ ހުޅުވީ މަޖީދީ މަގު، ވެލިގާ ހާޑްވެއާގެ އަނެއް ކަންމަތީގަ އެވެ. އެސްޓީއޯ އިން ބުނީ އަލަށް ހުޅުވާފައިވާ ފާމަސީއަކީ ޒަމާނީ ކޮންސެޕްޓެއްގެ މައްޗަށް ބިނާކޮށްފައިވާ ފާމަސީއެއް ކަމަށެވެ.
މި ފާމަސީއިން ހިދުމަތް ހޯދާ ފަރާތްތަކަށް ބޭހާއި، ހޮސްޕިޓަލް އަދި ގޭގައި ބޭނުންކުރުމަށް ގެންގުޅޭ މެޑިކަލް އިކުއިޕްމަންޓުގެ އިތުރުން ހޯމްކެއާ އަދި ޕާސަނަލް ކެއާ ރޭންޖްގެ ވަރަށް ގިނަ ތަކެތި ފާމަސީ އިން ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ދެ ފަންގިފިލާއަށް ހަދާފައިވާ މި ފާމަސީގެ ދެވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ މެޑިކަލް އިކުއިޕްމެންޓާއި މެޑިކަލް ކޮންޒިއުމަބަލަސްގެ ތަފާތު، ފަހުގެ ޒަމާނީ ތަކެއްޗަށެވެ.
މީގެ އިތުރުން ދެވަނަ ފަންގިފިލާއިން ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަކުރެވިފައިވާ ކައުންޓަރެއް ހުރެ އެވެ.
މި ފާމަސީ ހުކުރު ދުވަސް ނޫން ހުރިހާ ދުވަހެއްގައި ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި ހުންނާނެ އެވެ. ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ މެންދުރު 2:00 އިން ރޭގަނޑު 10:00 އަށެވެ.
އިތުރު ލިޔުންތައް

ބަންކަރިންގެ ޚިދުމަތްދޭން ބޭނުންކުރާ ފުރަތަމަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި
7 މަސް ކުރިން
ބަންކަރިންގެ ޚިދުމަތް ފެށުމަށް 20 މިލިއަން ޑޮލަރު ސަރުކާރުން ޚަރަދުކުރި: ވަޒީރު
7 މަސް ކުރިން
ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމުކުރުމުގެ މަޝްރޫއު އިފްތިތާޙު ކޮށްފި
5 މަސް ކުރިން