ރަށްވެހި ޗެލެންޖު 2024 ގެ ޗެންޕިއަންކަން އެސް.ޖީ.ސީއަށް

މުބާރާތުގެ ޗެންޕިއަން ޓީމް އެސް.ޖީ.ސީ. ފޮޓޯ. އެސް.ޖީ.ސީ

03 ޖެނުއަރީ 2025 - 04:36
ފ. ނިލަންދޫގައި ކުރިޔަށްގެންދިޔަ ރަށްވެހި ޗެލެންޖުގެ ޗެންޕިއަންކަން އެސް.ޖީ.ސީއިން ހޯދައިފިއެވެ. މުބާރާތުގެ ޗެންޕިއަންކަން އެސް.ޖީ.ސީއިން ހޯދީ ފައިނަލުގައި އެސް.ސީ ފަހުލަވާން (އެސް.ސީ.އެފް) 2-1 އިން ބަލިކޮށްގެންނެވެ.
އެގޮތުން މެޗުގެ ފުރަތަމަ ގޯލުޖަހައި ކުރިހޯދީ 12 ވަނަ މިނެޓުގައި އެސް.ޖީ.ސީއިންނެވެ. މިގޯލު ކާމިޔާބުކޮށްދިނީ ލުހާމް އަބްދުއްލަޠީފުއެވެ. އަދި ދެވަނަ ގޯލު އެސް.ޖީ.ސީގެ ހަސަން ރާއިފު މެޗުގެ 58 ވަނަ މިނެޓުގައި ޖަހާފައިވާއިރު، އެސް.ސީ.އެފް ގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 71 ވަނަ މިނެޓުގައި އަހުމަދު ޒައިދު މުހައްމަދު ނައީމް އެވެ.
މި މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔަކީ އެސް.ސީ.އެފް ގެ ނާއިޒް ހަސަންއެވެ. މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމާއި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސް.ޖީ.ސީގެ ލުހާމް އަބްދުއްލަތީފުއެވެ.އަދި އެންމެ މޮޅު ގޯލްކީޕަރަކީ އަހުމަދު ރާބިއު (އެސްސީއެފް) އެވެ.
ލީގު އުސޫލުން ކުރިޔަށްދިޔަ މި މުބާރާތުގެ ފައިނަލަށް އެސް.ޖީސީ ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ. މުބާރާތުގެ ފައިނަލަށް އެސް.ސީ.އެފް ދަތުރުކުރީ ލީގުބުރުގައި ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ 6 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ހޯދައިގެންނެވެ.
4 ޓީމު ބައިވެރިވާ މި މުބާރާތް އިންތިޒާމްކުރަނީ ނިލަންދޫގެ ރަށްވެހި ގްރޫޕުންނެވެ.
މިމުބާރާތުގެ ޗެންޕިއަން ޓީމަށް 20،000 ރުފިޔާގެ އިނާމެއް ދީފައިވާއިރު، ރަނަރަފް ޓީމަށް 10،000 ރުފިޔާގެ އިނާމެއް ދީފައިވެއެވެ.
އިތުރު ލިޔުންތައް

ގޯލު ފުންޏެއް ޖަހައި ބާސާގެ ސަޕޯޓަރުންނަށް އުފާވެރިކަން
7 މަސް ކުރިން
ޔޫތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުރިމަތިލާނީ ވަރުގަދަ ދެ ޓީމާ
7 މަސް ކުރިން
ޤައުމީ އަންހެން ޓީމު ސާފް ޗެމްޕިއަންޝިޕަށް ފުރައިފި
6 މަސް ކުރިން